ފުވައްމުލަކުގެ ކަމުވޮށިވެގެންވާ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅެނީ

12 އޭޕްރިލް 2010

ފުވައްމުލަކުގެ ކަމުވޮށިވެގެންވާ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ސޮއިކުރަން އުޅޭ ކަމަށް އެއަތޮޅު އެމްޑީޕީ ކޯޑިނޭޓަރ އަހުމަދު މުހައްމަދު (ތުއްތު) ވިދާޅުވެއްޖެއެވެ.
ތުއްތު ވިދާޅުވީ ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 15 ވަރަކަށް ބޭފުޅުން އެމްޑީޕީއަށް މިއަދުގެ ވަގުތެއްގައި ސޮއިކުރައްވާނޭ ކަމުގައެވެ. އަދި އެ ބޭފުޅުންގެ ނަންތައް މިއަންނަ ހުކުރު ދުވަހުގެރޭ ފުވައްމުލަކުގައި ބާއްވާ އެމްޑީޕީގެ އާންމު ޖަލްސާގައި އިއުލާން ކުރެވޭނޭ ކަމުގައި ވެސް ތުއްތު ވިދާޅުވިއެވެ.
ހުކުރު ދުވަހުގެރޭ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ އާންމު ޖަލްސާ އަކީ މިހާތަނަށް ދެކުނުގައި ބޭއްވޭ އެންމެ ފުރިހަމަ ޖަލްސާ އަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި މި ޖަލްސާގެ ތައްޔާރީތަކަށް ބަލާއިރު މިޖަލްސާ އަކީ ވަރަށް ފުރިހަމަ ޖަލްސާ އަކަށް ވެގެންދާނޭ ކަ،މަށް އުއްމީދުކުރައްވާ ކަމުގައި އަތޮޅު ކޯޑިނޭޓަރ ވިދާޅުވިއެވެ.