ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ޑިރެކްޓަރ ޝަބާޢު އެމްޑީޕީއަށް ސޮއިކުރައްވައިފި

އިބްރާހީމް ރާމިޒް

shabau-450-x-338

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރެއް ކަމަށްވާ މ.ހިޔަލީ ގުލްޝަން އިބްރާހީމް ޝަބާޢު މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މިއަދު މެންދުރު ފަހު އެމްޑީޕީ ސެކްރެޓޭރިއަޓްގައި އެޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި އެމްޑީޕީއާ ގުޅިވަޑަިއގެންނެވުމަށް ފަހު ކުރިން އެއްވެސް ސިޔާސީ ޕާޓީ އަކާއި ގުޅިވަޑައިނުގެން ސިޔާސީ ދާއިރާ އާއި ދުރުގައި ހުންނެވި ޝަބާޢު ވިދާޅުވީ، މިހާ ދުވަސްވީ އިރު އެއްވެސް ޕާޓީއަކާއި ނުގުޅި ހުންނެވީ “އެއްގޮތަކަށް ވެސް ޕާޓީ ސިސްޓަމާ ދެކޮޅު ވެގެނެއް ނޫން” ކަމަށާއި، ރާއްޖޭގައި ސިޔާސީ އިސްލާޙީ ޙަރަކާތްތައް ފެށިގެން ދިޔަ އިރު، ރާއްޖެއިން ބޭރުގައި މާސްޓާރސް އަށް މިޔަވާ ވިދާޅުވާން ހުންނެވުމުގެ ސަބަބުން އެކަމުގައި އޭރު ބައިވެރިވެ ވަޑައިގެންނެވޭ ގޮތް ނުވީ ކަމަށެވެ.
ޝަބާޢު އިތުރަށް ވިދާޅުވީ ކިޔަވާ ވިދާޅުވުމަށްފަހު އެނބުރި މާލެ ވަޑައިގެން، ވަކި ޕާޓީ އަކާ ގުޅިވަޑައިނުގެން ހުންނެވީ ޑިމޮކްރަސީ އެންމެ ރަގަޅަށް “ޕްރެކްޓިސް ކުރަނީ” ކޮން ޕާޓީއެއް ތޯ ބެލުމަށްފަހު އެޕާޓީއަކާ އެކު ކުރިޔަށް ވަޑައިގެންނެވުމަށް ކަމަށާއި، އެ ގޮތުން އެންމެ ރަގަޅަށް ހިނގާ ޕާޓީ އެއްގެ ގޮތުގައި އެމްޑީޕީ ފާހަގަކުރެއްވި، ރާއްޖޭގެ ޙާލަތު ބަދަލުކުރުމަށް ފަންނީ މަސައްކަތްތަކެއް ކުރެވޭނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ހިނގަމުންދާ ޕާޓީއަކާ ގުޅިވަޑައިގެން ކަމަށް ވާތީ އެމްޑީޕީ އާ ގުޅުވަޑައިގެންނެވުމަށް ނިންމެވީ ކަމުގައެވެ.
ފަހަކަށް އައިސް ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި، ފަންނީ ބޭފުޅުންގެ އިތުރުން ސިޔާސީ ފަރާތްތަކުން ވެސް އެމްޑީޕީ އާ ގުޅެމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މި ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ސޯޝަލް ލިބަރަލް ޕާޓީގެ ރައީސް އިބްރާހީމް އިސްމާޢީލް އާއި، ޔޫތު މިނިސްޓަރ ޙަސަން ލަތީފާއި، އެޕާޓީގެ އިސް ބައެއް ފަރާތްތަކުގެ އިތުރުން ޑީއާރުޕީގެ މައިމުގޫ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެމްޑީޕީ އާއި ގުޅިވަޑައިގަތުމަކީ މިފަހަކަށް އައިސް އެމްޑީޕީ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ގިނަ ބަޔަކު ދެކެެއެވެ.