މިއަދު މިދަނީ ޕާޓީ ދިރެމުން ރޯޝަންކަން ލިބެމުން _ ޑރ.ޑީޑީ

– ކުރީގެ ރައީސް މައުމޫނު ފާޅުގައި ފިތުނަ އުފައްދަމުންދާ ކަމަށް އަލްހާން ވިދާޅުވި

އިބްރާހީމް ރާމިޒް

98-450-x-29297-250-x-184

ވެރިކަމުގެ ދެއަހަރާ ބައި ނިމުނު އިރު ރައްޔިތުން ހުވަފެނުން ވެސް ނުދެކޭފަދަ ތަރައްގީ ވަނީ އަޅުގަނޑުމެންގެ ސަރުކާރު ހޯދާފައި މިއަދު މިދަނީ ޕާޓީ ދިރެމުން ރޯޝަންކަން ލިބެމުން ކަމަށް ޑރ. ޑީޑީ ވިދާޅުވެއްވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރެއްވުމުގެ އުފާ ފާހަގަކުރުމުގެ ގޮތުން އެޕާޓީން ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރެކޯރޑް އަދަދަކަށް މީހުން ހާޒިރުވި މި ޖަލްސާ ގައި، ޑރ. ޑީޑީ ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ރައީސް ކަމަށް އިންތިޚާބުވެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވިފަހުން އެމަނިކުފާނާއި ބައްދަލު ކުރަން އަންނަ މީހުންގެ 30 ޕަސެންޓަކީ އެހެން ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްފަހު އެނބުރި ދާއިރު އެމީހަކީ އެމްޑީޕީގެ ފޯމެއްގައި ސޮއިކުރެއްވުމަށް ފަހު އެނބުރިދާ މީހެއް ކަމުގައެވެ. އަދި މި ޖަލްސާ އަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ އަދަދަށް ބައްލަވާލެއްވުމުން ޕާޓީގެ މެންބަރުންގެ އަދަދު 2013 އަށް ވުރެ މާކުރިން ދެގުނަ އިތުރު ކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ވިދާޅުވިއެވެ.
އަދި ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރިޔަސް ވައުދުތައް މިވަނީ ފޯރުކޮށްދެވިފައި. ކަމަށާއި، ވެރިކަމުގެ ދެއަހަރާ ބައި ނިމުނު އިރު ރައްޔިތުން ހުވަފެނުން ވެސް ނުދެކޭފަދަ ތަރައްގީ މިވަނީ މި ސަރުކާރުން ހޯދާފައި ކަމަށް ވިދާޅުވަމުން، “ވޭތުވެދިޔަ 10 އަހަރު ކުރީގެ ސަރުކާރުން މަސައްކަތް ނުކުރެވޭ ވަރަށް އަޅުގަނޑުމެން ވަނީ މަސައްކަތްކޮށް ވައުދު ފުއްދާފައި. ދައުރުގެ ފުރަތަމަ ބަޔަށް ބީ ރިޕޯޓް ވަނީ ލިބިފައި” ކަމަށާއި ދައުރު ނިމޭ އިރު އޭ ރިޕޯޓް ލިބޭނޭ ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.
މީގެ އިތުރުން ޕާޓީން ވެފައިވާ ވައުދުތަކުގެ 50 ޕަސެންޓް ވަނީ ފުއްދައިދެވިފައި ކަމަށާއި، މެންބަރުންގެ އަދަދު އެއްލަކައަށް އެރުވޭނޭ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.
ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ ” އެއްލަކަށް މެންބަރުން ހަމަކުރަންޖެހޭ، އެކަން ކުރެވޭނެ، ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ނުކުންނަވާނީ އެއްލައްކަ މެންބަރުންނާއެކު އަޣުލަބިއްޔަތު އޮވެގެން” ކަމަށެވެ. އަދި މާޒީއަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށާއި، އެކަންކުރަންޖެހެނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި އެތަކެއް ދިވެހިރައްޔިތުންނަށް ކުރީގެ ސަރުކާރުން ދީފައިވާ އަނިޔާތައް ބެލުމަށް އެކަނި ނޫން ކަމަށާއި، ރާއްޖެއަށް އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ވެސް އަނިޔާދީފައިވާތީ ކަމަށް އަލްހާން ވިދާޅުވިއެވެ.
“އަޅުގަނޑު އުފާވަނީ 500 އަހަރަށް މި ޕާޓީގައި ވެރިކަން ދެމެހެއްޓޭނެތީ . މިކަން ދުވަކުވެސް ބަދަލެއް ނުވާނެ. މި ބަދަލެއް ދެން ނުގެނެވޭނެ . މިތިބީ ވައުދުތައް މެކުހަށް ޖަހައިގެން. މިރޭއްޖޭގެ ރައްޔިތުންނަކަށް ރީނދޫ ކުލަ ނޫން ކުލައެއް ނެތް. މިނޫން މުސްތަގުބަލެއް ނެތް. ހުރިހާ އެންމެންގެ އުންމީދޫތައް ވަނީ މި ޕާޓީއާ ގުޅިފައި.” ކަމަށް އަލްހާން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ “އިނާޔަތް ދީގެން ކުރީގެ ރައީސް ބަހައްޓަން އަޅުގަނޑުމެން ކުރި އުންމީދުތައް ރައީސް މައުމޫނު ދަނީ ވިއްސިވިހާލި ކުރަމުން. މާޒީގެ ޖަރީމާތައް ތަހުގީގު ކުރެވޭނެ.އެކަން ކުރީ ވަރަށް ބޮޑު ހުދުމުހުތާރު ނިޒާމެއްގެ ތެރެއިން ކަމަށާއި ރައީސް މައުމޫނު ދަނީ ފާޅުގައި ފިތުނަ އުފައްދަމުން.” ކަމަށެވެ.