އެމްޑީޕީގެ ގޮފިތަކާއި، ދާއިރާތަކާއި، ޕްރޮވިންސް ސެކްރެޓޭރިއަޓް ހިންގުމުގެ ގަވައިދަށް އިސްލާހް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގޮފި ގަވައިދާއި، ދާއިރާ ހިންގުމުގެ ގަވައިދުގެ އިތުރުން ޕްރޮވިންސް ސެކްރެޓޭރިއަޓް ހިންގުމުގެ ގަވައިދު އެކުލަވާލައި، އެ ގަވައިދުތަކަށް އިސްލާޙް ހުށަހެޅުމުގެ ފުރުސަތު އެޕާޓީން މިއަދު ޕާޓީގެ އާންމު މެންބަރުންނަށް ހުޅުވާލައިފިއެވެ.
އެގޮތުން މިގަވައިދުތަކުގެ ޑްރާފްޓްތަކަށް އިސްލާޙް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މެއި މަހުގެ 31 ވާ އަންގާރަ ދުވަހުގެ ކުރިން ލިޔުމަކުން އެމްޑީޕީ ސެކްރެޓޭރިއަޓަށް އިސްލާޙްތައް ފޮނުއްވުމަށް އެމްޑީޕީން އެދެއެވެ.

1. އެމްޑީޕީގެ ގޮފި ހިންގާ ގަވައިދުގެ ޑްރާފްޓް

2. އެމްޑީޕީގެ ދާއިރާ ހިންގާ ގަވައިދުގެ ޑްރާފްޓް

3. އެމްޑީޕީގެ ޕްރޮވިންސް ސެކްރެޓޭރިއަޓް ހިންގާ ގަވައިދުގެ ޑްރާފްޓް