އެމްޑީޕީ ތޮއްޑޫ ދާއިރާގެ ނޫސް ބަޔާން

އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ އިދާރާ
މާލެ / ދިވެހި ރާއްޖެ

ހާއްސަ ބަޔާން

މިއަދުގެ ވަގުތެއްގައި މިދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ވަހީދު ޑީ.އާރ.ޕީ އިން އިސްތިއުފާ ދެއްވި ހަބަރު އަޅުގަނޑުމެން ދާއިރާގެ އެންމެހައި މެމްބަރުން އެއްސެވީ ނުހަނު ހިންހަމަ ޖެހުމާއި، އުފަލާއި އެކީގައެވެ. މި ނިންމެވުމަކީ ތޮއްޑޫ ދާއިރާއިން ދެކޭ ގޮތުގައި ވަރަށް ރަނގަޅު ނިންމުމެކެވެ. އަދި ހަމަ އެއާއި އެކު ތޮއްޑޫ ދާއިރާގެ އަބަދުގެ ވެސް އެދުމަކީ މިރޭ ވިޔަސް އަވަހަށް އެމް.ޑީ.ޕީ އަށް ވަޑައިގެންނެވުމެވެ . މިޕާރޓީ އަކީ އަބަދުވެސް ޒުވާނުންނަށް އިސްކަންދޭ ޕާރޓީ އެއްކަން އަލީވަހީދަށް މިހާރު ވާނީ ސާފުވެފައިކަން ޔަގީން، އަޅުގަނޑުމެން މި ތިބީ ތިޒުވާން އިއްޒަތްތެރި މެމްބަރަށް ހޫން މަރުހަބާ އެއް ކިޔުމަށް ނުހަނު ބޭނުން ވެފައި ކަން މި ފުރުސަތުގައި ދަންނަވާލަމެވެ.

ޝުކުރިއްޔާ

ހަސަން ޝިޔާން
އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ ރައިސް