އެމްޑީޕީގެ ރައީސާއި އެމްއެންސީގެ ނައިބު ރައީސް ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

mnc-mdp-450-x-395

އެމްޑީޕީ އާއި އެކު ކޯލިޝަން ހަދާފައިވާ، މޯލްޑިވްސް ނެޝަނަލް ކޮންގްރެސް (އެމްއެންސީ) ގެ ނައިބު ރައީސް މިއަދު ހެނދުނު އެމްޑީޕީގެ އޮފީހުގައި އެޕާޓީގެ ރައީސް އާއި ބައްދަލުކުރައްވައިފިއެެވެ.
އެމްއެންސީގެ ނައިބު ރައީސް އަލީ އަމްޖަދު އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާ އެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ އެމްއެންޗީ އާއި އެމްޑީޕީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުންނެވެ.
މި ގޮތުން އެމްއެންސީގެ ނައިބު ރައީސް ދެއްކެވި ވާހަކައިގައި ސަރުކާރު ހިންގުމުގައި ވެސް އެމްއެންސީގެ ދައުރު މިހާރު ވަރަށް ކުޑަވެފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށާއި، އެމްއެންސީން ބޭނުންވަނީ ވީހާވެސް ބޮޑަށް މި ސަރުކާރަށް އެއްބާރުލުންދީ، އެމްޑީޕީގެ ވައުދުތައް ފުއްދުމުގައި އެހީތެރިވުން ކަމަށް ވިދާޅުވިއެވެ.
” އަޅުގަނޑުމެން އެމްއެންސީގެ ހިތާއި، ރޫހާއި، ނަފްސް މިވަނީ މި ސަރުކާރާއެކު. އަޅުގަނޑުމެން މިތިބީ އެމްޑީޕީގެ ވައުދުތަކުގެ ފަހަތުގަ. އެ ވައުދުތަކަކީ ރައްޔިތުންނަށް ފައިދާހުރި ވައުފދުތަކަކަށް ވާތީ އެ ވައުދުތައް ފުއްދުމަށް އަޅުގަނޑުމެންގެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނަން/” އަމްޖަދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ވިދާޅުވީ އެމަނިކުފާނުގެ ރިޔާސަތުގައި ކޯލިޝަން ޕާޓީތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް، އެކުގައި އެއް އަމާޒަކަށް ވާސިލް ކުރުމަށް މަސައްކަތްކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.،