ރައީސުލްޖުމްހޫރިއްޔާ ތިން މަގާމަކަށް ތިންބޭފުޅުން ޢައްޔަން ކުރައްވައިފި

222-450-x-168

ރައީސުލްޖުމްހޫރިއްޔާ، ތިން މަގާމަކަށް ތިންބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ދަފްތަރު ނަންބަރު 1765 ފަޟީލަތުއްޝައިޚް މުޙަންމަދު ޤުބާދު އަބޫބަކުރާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަގާމަށް މާފަންނު މިސުރުރުވާގޭ އާމިނަތު ހައިފާ ނަޢީމާއި، އަދި މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބުގެ މަގާމަށް މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ސީޓުމާގޭ އާދަމް ސަޢީދެވެ. އާދަމް ސަޢީދު މިހާތަނަށް ހުންނެވީ، މަތިއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމުގައެވެ.