ދ.މާއެނބޫދޫ ކައުންސިލް އާއި އެމްޑީޕީގެ ރައީސް ބައްދަލުކުރައްވައިފި

maaenboodhoo-450-x-253

ދ.މާއެނބޫދޫ ކައުންސިލް މެންބަރުންނާއި އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ބައްދަލުކުރައްވައިފިއެވެ.
ރޭ ބޭއްވި މި ބައްދަލުވުމުގައި މާއެނބޫދޫ ކައުންސިލް މެންބަރުން، އެރަށަށް މިވަގުތު ދިމާވެފައިވާ ބަނދަރާއި، ނަރުދަމާއާއި، ފެނުގެ މައްސަލަ ތަކާއި މެދު ޑރ.ޑީޑީ އާއި މަޝްވަރާ ކުރެއްވިއެވެ.
ޑރ.ޑީޑީ އާއި އެކު ބޭއްވި ބައްދަލުވުމަށްފަހު މާއެނބޫދޫ ކައުންސިލްގެ ބޭފުޅުން ވަނީ މެދު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު އާދިލް އާއި، ސެންޓްރަލް ޔުޓިލިޓީސްގެ ޗެއަރމަން މުހައްމަދު ޖައިޝަމް އިބްރާހީމް އާއި ވެސް ބައްދަލުކުރައްވާފައެވެ.