އިބްރާހީމް ރާމިޒް
![shathir-450-x-307 ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީ ރައީސް ޝާތިރު ޢަބްދުއް ރަހްމާން އެމްޑީޕީގެ ޖަލްސާ އެއް ގައި ވާހަކަ ދައްކަވަނީ](http://mdp.org.mv/wp-content/uploads/2011/05/shathir-450-x-307.jpg)
އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީގެ ޚާއްސަ މަންދޫބުންގެ ގޮތުގައި ދ.އަތޮޅުގެ އެމްޑީޕީގެ ހާލަތު ދެނެގަތުމަށް އެޕާޓީގެ ގައުމީ މަޖިލިހުގެ 2 ބޭފުޅަކު އެއަތޮޅަށް ޒިޔާރަތްކޮށްފިއެވެ.
އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމުގައި މާލީ ގޮތުންނާއި، ސިޔާސީ ގޮތުން ދ. އަތޮޅުގައި ހުރި ދަތިތައް ދެނެގަނެ، ކަމާއިބެހޭ ރިޕޯޓެއް ތައްޔާރުކުރުމަށްޓަކައި ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީ ރައީސް ޝާތިރު ޢަބްދުއްރަހްމާން އާއި، މީދޫ ދާއިރާގެ އެމްޑީޕީ ރައީސް މުހައްމަދު ޖައިޝް އިބްރާހީމް ދ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވި ކަމަށް އެދާއިރާތަކުން މައުލޫމާތު ދެއެވެ.
މި ބޭފުޅުން ދ. އަތޮޅަށް މިކުރެއްވި ދަތުރުގައި އެއަތޮޅުގެ ރަށްރަށުގެ އެމްޑީޕީ ގޮފިތަކުގެ އިސް ފަރާތްތަކާ އެކު މަޝްވަރާކުރައްވައި، ރަށުފެންވަރުގައި ހިންގޭ ހަރަކާތްތަކަށް މާލީ ގޮތުންނާއި، ސިޔާސީ ގޮތުން ދިމާވެފައިވާ ދަތިތައް ދެނެގަނެވިފައިވާ ކަމަށް މި ދަތުރުގައި ހަރަކާތްތެރިވެލެއްވި ޝާތިރު ވިދާޅުވިއެވެ. އަދި ދ. އަތޮޅަށް މިކުރި ދަތުރުގައި ދ.އަތޮޅުގެ ހުރިހާ ރަށެއްގެ ގޮފިތަކުން ވެސް ޕާޓީގެ ރައީސަށް ޝުކުރު ދަންނަވައި، މިއީ ޕާޓީ އުފެދުނު ފަހުން ފުރަތަމަ ޕާޓީގެ ފަރާތުން ގޮފިތަކުގެ ކަންކަން ދެނެގަނެ މަޝްވަރާކުރުމަސް ދ.އަތޮޅަށް ވަފްދެއް ފޮނުވި ފުރަތަމަ ފަހަރުކަން ހުރިހާ ގޮފިތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށް ޝާތިރު ވިދާޅުވިއެވެ.
މި ދަތުރާއި ގުޅިގެން ދ.އަތޮޅުގެ ރަށްރަށުގައި އެމްޑީޕީގެ ގޮފިތަކަށް ދިމާވެފައިވާ ތަފާތު މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދޭނޭ ކަމަށް އެމްޑީޕީން ބުނެއެވެ.