އިޢުލާން

MDP/2011-020

އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

30 އޭޕްރިލް 2011 ވަނަ ދުވަހު ބޭއްވުނު އެމްޑީޕީގެ އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް ޝަރުތުހަމަވާ ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ، މި މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މި މަޖިލީހަށް ކުރިމަތިލައްވަން އެދިލައްވާ ބޭފުޅުން ސިޓީއަކުން 31 މެއި 2011ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ. ވޯޓުލުން އޮންނާނީ 18 ޖޫން 2011ވާ ހޮނިހިރު ދުވަހުގައެވެ.

ޝަރުތުތައް
1. އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެންބަރުން ހުށައަޅާނީ، އެމްޑީޕީގެޤައުމީ މަޖިލީހުގެ 2 (ދޭއް) މެންބަރުންގެ ތާއީދާއެކުއެވެ.
2. ޤައުމީ މަޖިލީހުގެ މެންބަރަކަށް، އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ މެންބަރުކަމެއް ނުފުރޭނެއެވެ. އަދި އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ މެންބަރެއް ޤައުމީ މަޖިލީހަށް ހޮވިއްޖެނަމަ، ފަނޑިޔާރު މަޖިލީހުގެ މެންބަރުކަން ގެއްލޭނެއެވެ

އިސްތިއުނާފް ފަނޑިޔާރު މަޖީލީހަކީ 9 މެންބަރުން ހިމެނޭ މަޖިލީހެކެވެ. އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސްއަކީ މަދުވެގެން 2 އަހަރުގެ ތަޖުރިބާހުރި، އަރަފޯދިގެންވާ ޤާނޫނީ ވަކީލެއް ކަމުގައްޔާއި، ޕާޓީގެ މެންބަރެއް ކަމުގައްޔާއި، އެންމެ މަދުވެގެން އުމުރުން 35 ފަސްއަހަރުގެ މީހެއްކަމުގައި ވާންޖެހޭނެއެވެ.