އިޢުލާން: ވަޒީފާގެ ފުރުސަތު

MDP/2011-019

އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ވަޒީފާ އަދާ ކުރުމުގެ ފުރުޞަތު

މަޤާމް: ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު: 1
ޝަރުތު: ޕާޓީގެ މެންބަރަކަށް ވުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ސާނަވީ އިމްތިހާނަކުން އިނގިރޭސިއާއެކު ދެ މާއްދާއިން “c” ގްރޭޑް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ދިވެހި މިމާއްދާއިން ދަށްވެގެން “c” ގްރޭޑް ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.
މަސައްކަތް ކުރަން ޖެހޭ ރަސްމީ ގަޑި: ހެނދުނު 8.00 ން ހަވީރު 4.00 އަށް.
ސުންގަޑި: މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 16 މެއި 2011 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަކާއި އެކު އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ސިޓީ އާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯން:3340044، ފެކްސް 3322960، އީމެއިލް secretariat@mdp.org.mv

10 މެއި 2011