އަލަށް އިންތިޚާބުވި އެމްޑީޕީގެ ރައީސް ހޮނިހިރު ދުވަހު ހިންމަފުއްޓަށް ވަޑައިގަންނަވަނީ

އިބްރާހީމް ރާމިޒް

އަލަށް އިންތިޚާބުވި އެމްޑީޕީގެ ރައީސް މާދަމާ ކ.ހިންމަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ހިންމަފުއްޓަށް މިކުރައްވާ ދަތުރުފުޅަކީ އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި، ހިންމަފުށީގައި އެމްޑީޕީގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމެވެ.
އެމްޑީޕީގެ ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ ކެމްޕެއިން ޓީމްގެ ބޭފުޅުންނާއި، އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ.