އަރަބި ގައުމުތަކުން ޑިމޮކްރަސީ ޓެސްޓްކުރާ ލެބޯޓަރީ އަކީ އެމްޑީޕީ އާއި މިސަރުކާރު ކަމަށް ރައީސް ވިދާޅުވެއްޖެ

ވެރިކަން ބޭނުމިއްޔާ 2013 ވަނަ އަހަރު ރައީސް އާއި ވާދަކުރެއްވުމަށް ގޮވާލެއްވި

ޑޮލަރުގެ އަގަށް ބަދަލުއައުމުން މަސައްކަތްތެރިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިންގެ އާމްދަނީ އިތުރުވެގެން ހިގައްޖެ

ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ހުރިހާ ބާވަތަކުން 2012 ވަނަ އަހަރު ޑިއުޓީ ކަނޑާނެ ކަމަށް ރައީސް ވިދާޅުވި

އިބްރާހީމް ރާމިޒް

img_14901

ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި މި ގައުމު ބަދަލުކޮށްފައި މިވަނީ ތަހުޒީބީ ޑިމޮކްރަސީގެ ސިފައަށް ކަމަށާއި، މި ގައުމުގައި މިހާރު ހިނގާ ކަންތައްތަކަކީ އަރަބި ދުނިޔެއިން މިސާލު ނަގައިގެން ހިންގަން ޖެހޭ ކަންތައްތަކެއް ނޫން ކަމަށާއި، އަރަބި ގައުމުތަކުން ޑިމޮކްރަސީ އަށް ޓަކައި މަސައްކަތް ކުރަނީ ރާއްޖެ ނަމޫނާ އަކަށް ބަލައިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސުނާމީ ބިނާ ސަރަހައްދުގައި މިއަދު ހަވީރު އެމްޑީޕީން ” އެމްޑީޕީ- ގައުމާއިގެން އަމާން ބަނަދަރަކަށް” މި ނަމުގައި ބޭއްވި ސުލްހަވެރި އެއްވުމުގައި އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ފެށިގެން މިއުޅޭ ހަމަނުޖެހުންތަކަކީ އަރަބި ގައުމުތަކުގައި އެގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ހިންގާފަދަ ވަރުގަދަ ހަމަނުޖެހުންތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބޭރުގެ ނޫސްވެރިންނަށް މައުލޫމާތުދީފައިވާ ކަމަށާއި، އިދިކޮޅު ފަރާތްތައް ހިއްވަރު ހޯދަމުންދަނީ އަރަބި ގައުމުތަކުން ކަމަށް ވިދާޅުވެފައިވާ ކަމަށް މާލޭގައި ހިންގާ ހަމަނުޖެހުން ކަވަރުކުރުމަށް އައިސް ތިބި ބޭރު ގައުމުތަކުގެ ޖާނަލިސްޓުން އެމަނިކުފާނުގެ އަރިހުގައި ބުނަމުންދާ ކަމަށާއި، އެހެން ނަމަވެސް އަރަބި ގައުމުތަކުގެ ރައްޔިތުން މަސައްކަތް ކުރަމުންދަނީ ޚުދުމުޚްތާރު ވެރިކަންތަކެއް ޑިމޮކްރަސީ އަށް ފުރޮޅާލުމަށް ކަމަށާއި، އެ މަސައްކަތަކީ އެމްޑީޕީން ކޮށް ނިންމާފައިވާ މަސައްކަތެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ރާއްޖޭގައި މިއޮތީ 2 އަހަރާއި ބައި ވެފައިވާ ފުރިހަމަ ޑިމޮރަސީ އެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި އަރަބި ގައުމުތަކުން މިސާލު ނަގަނީ ދިވެހިރާއްޖެ އިން ކަމަށާއި، އެ ގައުމުތަކުން “ޑިމޮކްރަސީ ޓެސްޓްކުރާ ލެބޯޓަރީ އަކީ އެމްޑީޕީ އާއި މިސަރުކާރު” ކަމަށް ރައީސް ވިދާޅުވިއެވެ.
އެތއް ހާސް ބަޔަކު ހާޒިރުވި، މި އެއްވުމުގައި، ރައީސް ވިދާޅުވީ މިގައުމު ބަދަލުވެފައި ވަނީ ތަހުޒީބު ގައުމަކަށް ކަމަށާއި، މި ގައުމުގެ ރައްޔިތުން ބޭނުންވީ އޭރުގެ ހާލަތު ބަދަލުކޮށް ތާހިރު ދިރިއުޅުމެއް ހޯދަން ކަމަށާއި، އެގޮތުން ވަޠަން އެދޭ ގޮތަށް ސިޔާސީ ބަދަލު ގެނައުމަށްފަހު މިހާރު ގެންނަމުން މިދަނީ އިޤްތިޞާދީ ބަދަލު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ގޮތުން ޑޮލަރުގެ އަގަށް ދާދި ފަހުން ގެނައި ބަދަލާ ގުޅިގެން މަސައްކަތްތެރިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިންގެ އާމްދަނީ އިތުރުވެގެން ހިގައްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2012 ވަނަ އަހަރު ސަރުކާރުގެ ޑެފިސިޓެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ބަދަލު ކުރަމުން މިގެންދަނީ ޒަމާނީ އިޤްތިޞާދަކަށް ކަމަށާއި، މަދު ބައެއްގެ ފިއްތުންތަކަށް ދީލާލެވެން ނޯންނާނޭ ކަމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ހުރިހާ ބާވަތަކުން 2012 ވަނަ އަހަރު ޑިއުޓީ ކަނޑާނެ ކަމަށް ރައީސް ވިދާޅުވިއެވެ..

“އަޅުގަނޑުމިއީ ޒުވާނެއް ނޫން. އެހެންނަމަވެސް އަޅުގަނޑާ އެއްވަރަށް ޒުވާންކަން ހަނދާން ހުރި ވެރިއެއް ނުހުންނާނެ” ކަމަށް ވިދާޅުވަމުން، ރާއްޖޭގެ ވެރިކަން ޚުދުމުޚްތާރު ވެރިކަމަކުން ޑިމޮކްރަސީ އަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށް ނިމިއްޖެ ކަމަށާއި، ރާއްޖޭގެ ވެރިކަމެއް ދެން ޤާނޫނާ ޚިލާފަކަށް ނުވެއްޓޭނެ ކަމަށެވެ. އަދި ވެރިކަން ބޭނުން ނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވިއެވެ. އަދި އެ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް ރައީސް ވިދާޅުވިއެވެ.

.