އިބްރާހީމް ރާމިޒް
އެމްޑީޕީން ގައުމާއިގެން އަމާން ބަނދަރަކަށް މި ނަމުގައި މިއަދު ހަވީރު ބާއްވާ އެއްވުމުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް އެޕާޓީން ބުނެފިައެވެ.
އެމްޑީޕީން މިއަދު ބާއްވާ އެއްވުން ފަށާނީ ސުނާމީ ބިނާ ކައިރިންނެވެ. މި އެއްވުމަކީ ތަކެތީގެ އަގުފުލުމުގެ ނަމުގައި ޑީއާރުޕީގެ އިތުރުން އިދިކޮޅު އެހެން ޕާޓީތައް ވެސް ގުޅިގެން ޒުވާނުންގެ ނަން ބޭނުންކޮށްގެން މާލެތެރެ ހަލަބޮލިކޮށް ސަރުކާރު ވައްޓާލުމަށް ފަށާފައިވާ ހަމަނުޖެހުންތަކާ ދެކޮޅަށް އެމްޑީޕީން ބާއްވާ އެއްވުމެކެވެ.
މިއީ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިފަދަ އެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި އެއްވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުންނެވެ.