ފުލުހުން ޑޮލަރާއި ގޭންގްތައް ފަހާ ދުވުން ހުއްޓުވޭނެ ހަމަ އެއް ގޮތެއް ވެސް އިދިކޮޅު ފަރާތްތަކަކަށް ނެހެދޭނެ – މޫސަ

އިބްރާހީމް ރާމިޒް

reeko

ތަކެތީގެ އަގު އުފުލުން ބަހަނަާ އަކަށް ދައްކައިގެން ގެންގް ކުށްކުރާ މީހުން މަގުމައްޗަށް ނެރެ ޑީއާރުޕީން ކުރަމުން ގެންދާ މުޒާހަރާ އަކީ ކަނޑައެޅިގެން ޑޮލަރުގެ ވަގު ވިޔަފާރިއާއި ގޭންގް ކުށްތަކަށް ފުލުހުން ދޭ ޚާއްސަ ސަމާލުކަން އެހެން އަތަކަށް އަނބުރާލުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ޖަހައިގެން އުޅޭ މަޅިއެއް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ “އިދިކޮޅު ފަރާތްތަކުން ޑޮލަރު ފޮރުވައިގެން ކަޅު ބާޒާރުގައި، ވިއްކަމުން ދިއުން ހުއްޓުވުމަށް އެމްޑީޕީ ސަރުކާރުން ޑޮލަރު ފްލޯޓް ކުރީމަ އެކަމާ ރުޅިއައިސްގެން މިއުޅެނީ. ފަހަރެއްގައި ވެސް ރައްޔިތުންނަށް ހެވެއް އެދިގެނެެއް ނޫން. އަނެއް ކޮޅުން ފުލުހުން އެއޮތީ ކުރީގެ ކޮއްކޯފުޅު ހިންގާ ގޭންގްތައް ފަހަތުން ދުވަން ފަށާފަ. ދެން ކިހާ ރުޅިއެއް އަންނާނެތޯ އެމީހުން. ދަންނަވަންތޯ ތަކެތީގެ އަގު ބޮޑުވެގެން ރައްޔިތުންނަށް ހެވެއް އެދިގެން ޑީއާރުޕީ ޕީއޭ އަކުން އަދި ކުރީގެ ޚުދުމުޚްތާރު ވެރިކަމުގަ އުޅެފަހުރި އެކަކުވެސް ނޫޅޭނެ”.
މޫސަ ތަކުރާރުކޮށް ވިދާޅުވީ ޑޮލަރުގެ ވަގު ވިޔަފާރިކޮށްގެން ބޮޑު އާމްދަނީ އެއް ހޯދަމުންދާ މަހުޖަނުން ރާއްޖޭގައި އުފައްދާފައިވާ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށާއި، ގޭންގް ކުށްތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން ފަށާފައިވާ މަސައްކަތަށް ފުލުހުން ދީފައިވާ ސަމާލުކަން އެހެން އަތަކަށް އަނބުރާލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ވިޔަ ނުދެއްވާނޭ ކަމަށާއި، މި ސަރުކާރާއި ދައުލަތް ހިމާޔަތްކުރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީ އެއް އެމްޑީޕީން ވަނޭ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، އިއްޔެ ވަނީ ސަރުކާރާއި ދައުލަތް ޙިމާޔަތްކުރުމުގެ ގޮތުން ސީދާ ހަރަކާތަކަށް ދިއުމަށް ޚާއްސަ ގަރާރެއް ފާސްކޮށް، 11 މެންބަރުންގެ ކޮމިޓީއެއް ނަގާފައެވެ. މި ކޮމިޓީގެ މުޤައްރިރަކީ އެމްޑީޕީގެ އާ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ.ޑީޑީ) އެވެ.