އަޅުގަނޑު އިސްތިއުފާއެއް ނުދެން – މާރިޔާ

އިބްރާހީމް ރާމިޒް

mari-225-x-286mdp-logo-446-x-466

މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެރޭ އާރޓިފިޝަލް ބީޗް ގައި އެ ޕާޓީގެ އާލީޑަރޝިޕަށް މަރުހަބާ ދެންނެވުމަށާއި، މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މާރީ ވިދާޅުވީ އެވަގުތުން ފެށިގެން އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ހުޅުވާލެއްވީ ކަމަށާއި، “އަޅުގަނޑު ދެން ޗެއަރޕާސަންގެ މަގާމަށް ވާދައެއް ނުކުރާނަން. އަޅުގަނޑު މި ޕާޓީއަށް އެދެނީ ފަހި މާދަމާ އެއް” ކަމަށެވެ. ނަމަވެސް ޗެއަރޕާސަން ކަމުން އިސްތިއުފާ ދެއްވި ކަމަކަށް އެކަމަނާ ވިދާޅެއް ނުވެއެވެ.
މިއަދު އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ޗެއަރޕާސަން މާރިޔާ ދީދީ ވިދާޅުވީ އެކަމަނާ ފަހަރެއްގައި ވެސް އިސްތިއުފާ ނުދެއްވާ ކަމަށާއި، އިންތިޚާބަށް ގޮވާލެއްވީ ކަމަށެވެ.
” އަޅުގަނޑު ފަހަރެއްގައި ވެސް އިސްތިއުފާ ދެއްވީކީ ނޫން. ވަރަށް ގިނަ މީހުން އެބަ ސުވާލު އުފައްދާ މާރީ ދެންހަމަ ތި އިސްތިއުފާ ދެއްވީ ހެއްޔޭ. އަޅުގަނޑު ހަމަ ދަންނަވަމުން މި ގެންދަނީ ނޫނެކޭ، އަޅުގަނޑު އިސްތިއުފާ އެއް ނުދެމޭ. އަޅުގަނޑު ހަމަ އެކަނި އިންތިޚާބަކަށް ހުޅުވާލީއޭ. އަދި އިތުރު ދައުރަކަށް ކުރިމަތި ނުލާނޭ ވާހަކަ ދެންނެވީއޭ. މީގެ މާކުރިން، ކުރީގެ ހޮލިޑޭ އިން ގަ ބޭއްވި އަޅުގަނޑުމެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ގައި ވެސް އަޅުގަނޑު އޮންނާނެ އިތުރު ދައުރަކަށް ކުރިމަތި ނުލާނެކަން ރަސްމީ ކޮށް އިއުލާން ކޮށްފަ.” އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވިއެވެ.
ޗެއަރޕާސަންގެ އިންތިޚާބަށް ކުރިމަތިލުމަށް އަދި ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.