އެމްޑީޕީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ނޫންކަމަށް ރައީސުލް ޖުމްހުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

އަބްދުﷲ ޔާމިން

ރައީސް ނަޝީދު މިއަދު ވޯޓުލެއްވުމަށްފަހު ޚަބަރުފަތުރާ ވަސީލަތްތަކަށް އިންޓަވިއު ދެއްވަނީ
ރައީސް ނަޝީދު މިއަދު ވޯޓުލެއްވުމަށްފަހު ޚަބަރުފަތުރާ ވަސީލަތްތަކަށް އިންޓަވިއު ދެއްވަނީ

އެމްޑީޕީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ނޫންކަމަށް ރައީސުލް ޖުމްހުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި މިއަދު ހެނދުނު އެމްޑީޕީގެ ހަރުގޭގައި ވޯޓް ދެއްވުމަށްފަހު ނޫސްވެރިންނާ މުޚާތަބްކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ކަންތައްތައް އެހެން ޕާޓީތަކާއި ތަފާތުވާނެކަމަށާއި އެއީ އެޕާޓީއަށް ލިބޭ ފަޚްރެއް ކަމަށެވެ. އަދި ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން ނުއުފެދި އޮތް އެންމެ ބޮޑު ސަބަބަކީ އެމްޑީޕީގެ މެމްބަރުން މެދުގައި ވަކި އުސޫލްތަކާއި ވަކި ހަމަތަކެއް އޮންނާތީ ކަމަށެވެ.
އެމްޑީޕީގެ އިންތިޚާބު 2011 ގައި މިހާތަނަށް މާލެސިޓީއާއި އަތޮޅުތަކުގައި ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވޯޓުލުމަށް ނިކުމެފައިވާ ކަމަށް އެމްޑީޕީން ޚަބަރު ލިބެއެވެ.
މި އިންތިޚާބުގެ ވޯޓުލުމަށް އަތޮޅުތަކުގައި 193 ވޯޓު ފޮށި އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ އެމްޑީޕީ މެންބަރުންނަށް ކަލާފާނު ސްކޫލުގައި 14 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ އިތުރުން މާލެ ސިޓީގެ 11 ދާއިރާއަށް އެމްޑީޕީގެ ހަރުގޭގައި 11 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.