ބ.އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސް މެންބަރުންނާ އެކު އެޕާޓީން އޭދަފުށީގައި ބައްދަލުވުމެއް ބާއްވައިފި

11 އޭޕްރިލް 2010

batoll-meet-600-x-450

އެމްޑީޕީ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން ބ.އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއެކު އެޕާޓީން އޭދަފުށީގައި ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހުކުރުދުވަހު ހަވީރު ބޭއްވި މި ބައްދަލުވުމުގައި ބ.އަތޮޅުގެ ހުރިހާ ރަށަކުން މަންދޫބުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް، ޖޫން މަހުގެ 26 ވަނަ ދުވަހު އެޕާޓީން ބާއްވަން ހަމަޖައްސާފައިވާ ކޮންގްރެސް އަށް ޚާއްސަކޮށްގެން ރަށްރަށުގައި އެމްޑީޕީގެ އާ ގޮފިތައް އިތުރު ކުރުމަށް ހިތްވަރުދީ، މިހާރުހުރި ގޮފިތަކުގެ ތެރެއިން ހިންގާ ކޮމިޓީތައް އަލުން އިންތިޚާބު ކުރަން ޖެހޭ ގޮފިތަކުގެ އިންތިޚާބުތައް އަވަސްކުރުމަށް ބާރުއެޅުމުގެ އިތުރުން، ބ.އަތޮޅުގެ ރަށްރަށުގައި މިހާރު ހިނގަމުންދާ އެމްޑީޕީގެ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.އަދި ބ. އަތޮޅުގައި އެމްޑީޕީގެ މެންބަރޝިޕް ހާލަތު އޮތްގޮތާއި، ޕާޓީ ޕްރޮމޯޓް ކުރުމުގައި ހުރި ހުރަސްތަކާއި ބެހޭގޮތުން ވެސް މިބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.
މިއީ އެމްޑީޕި ޕާލަމެންޓްރީ ގްރޫޕުން އޭދަފުއްޓަށް މިދިޔަ ހަފްތާ ބަންދުގައި ކުރި ދަތުރުގެ ޕްރޮގްރާމްގައި ހިމެނިގެން ބޭއްވި ބައްދަލުވުމެކެވެ.