އިޢުލާން

MDP/2011-018

އެމްޑީޕީ އިންތިޚާބު 2011 ގެ ވޯޓިންގ ރަޖިސްޓްރީ އާއި ބެހޭ

މިއަދު ހެނދުނު 9 ން ފެށިގެން އިރު އޮއްސި 6 ގެ ނިޔަލަށް ކުރިޔަށްދާ އެމްޑީޕީ އިންތިޚާބު 2011 ގައި ވޯޓުލެވޭނީ MEM ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވައި އައިޑީކާރޑް ނަންބަރު ޖެއްސެވުމަށްފަހު 637 އަށް އެސްއެމްއެސް ކުރެއްވުމުން އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށެއްގައެވެ. ވޯޓާރސް ލިސްޓުގައި ނަންނެތް ފަރާތްތަކަށް ވެސް މި ގޮތަށް އެސްއެމްއެސް ކޮށްގެން އެމްޑީޕީގެ މެންބަރެއްކަން ޔަގީންވާނަމަ އެ މީހަކު ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ރަށެއްގައި ވޯޓުލެވޭނެއެވެ.
މިހެން ދަންނަވާލަން މިޖެހުނީPPR ޖެއްސެވުމަށް ފަހު 1414 އަށް އެސްއެމްއެސް ކުރެއްވުމުން އެމްޑީޕީގެ މެންބަރެއްނަމަ މި އިންތިޚާބުގައި ވޯޓުލެވޭނޭ ކަމަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާތީއެވެ.
ވީމާ މިވާހަކަ އެމްޑީޕީ އިންތިޚާބު 2011 ގެ އޮފިޝަލުންނާއި، ކެންޑިޑޭޓުންނާއި، މި ޕާޓީގެ އެންމެހާ މެންބަރުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. އަދި މި މައުލޫމާތު އެމްޑީޕީގެ ރަސްމީ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.
30 އެޕްރީލް 2011

– ސެކްރެޓޭރިއަޓް-