ގދ.ވާދޫ ކައުންސިލްގެ ހަމައެކަނި އަމިއްލަ މެންބަރު އެމްޑީޕީއާ ގުޅިވަޑައިގެންފި

އިބްރާހީމް ރާމިޒް

vaadhoo

ގދ. އަތޮޅު ވާދޫ ކައުންސިލަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި އިންތިޚާބުވެވަޑައިގެންނެވި ސައީދު ރުޝްދީ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
މިއަދު ވާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ސައީދު ރުޝްދީ ވިދާޅުވީ އޭނާ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް އަބަދުވެސް އެމްޑީޕީއަށް ތާޢީދުކުރައްވާ ކަމަށާއި، އެމްޑީޕީއާއި ރަސްމީކޮށް މިއަދު ގުޅިވަޑައިގެންނެވީ ރަށާއި ގައުމަށް އިޚްލާސްތެރި މަސައްކަތެއް ކުރެއްވޭނީ އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައި ހުންނަވައިގެންކަމަށް ދެކެވަޑައިގަންނަވާތީ ކަމަށާއި، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ކައުންސިލަރުންނެކޭ އެއް ފަދައިން އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައި ދެމިހުންނަވާނޭ ކަމަށެވެ.
ސައީދު ރުޝްދީ އެމްޑީޕީއާ ގުޅިވަޑައިގަތުމުން މިހާރު ވާދޫ ރަށު ކައުންސިލްގެ ހުރިހާ މެންބަރުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ. ވާދޫ ކައުންސިލް ގައި ދެން ތިއްބެވި 4 ކައުންސިލަރުންނަކީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި 4 ކައުންސިލަރުންނެވެ.