އެމްޑީޕީގެ އާންމު ޖަލްސާ އެއް މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާންމު ޖަލްސާ އެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
އަމީނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގައި މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުންނާއި، ތާއީދުކުރައްވާ ފަރާތްތަކުން ވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.