ތ.ކިނބިދޫ ޑީއާރުޕީގެ އިސް ހަރަކާތްތެރިއަކު އެމްޑީޕީއަށް ސޮއިކޮށްފި

އިބްރާހީމް ރާމިޒް

kinbidhoo-450-x-338

ކޮޅުމަޑުލު ކިނބިދޫ ޑީއާރުޕީގެ އިސް ހަރަކާތްތެރިއަކު މިއަދު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
މިއަދު އެމްޑީޕީ ސެކްރެޓޭރިއަޓްގައި އެޕާޓީއަށް ސޮއިކުރީ ކިނބިދޫއާއި، މުޅި ކޮޅުމަޑުލުގައި ވެސް ޑީއާރުޕީގެ ހަރަކާތްތައް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އެއް ބޭފުޅެއް ކަމަށްވާ ތ.ކިނބިދޫ އައްސޭރި ޙުސައިން އަފީފް އެވެ.
އެމްޑީޕީއަށް ސޮއިކުރުމަށްފަހު އަފީފް ބުނީ އޭނާ ޑީއާރުޕީން ވަކިވެ އެމްޑީޕީއަށް ސޮއިކުރީ ޑީއާރުޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ، ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތަށްވުރެ ވެރިކަމާ ތޮޅުމުގެ މައްސަލަ ބޮޑުވުމުން ކަމަށާއި، މި ވަގުތަށް ރަށާއި އަތޮޅަށް ވެސް ޚިދުމަތް ކުރެވެން އޮތީ ސަރުކާރު ހިންގާ ޕާޓީއާ ގުޅިގެން ކަމަށް ފެންނާތީ ކަމުގައެވެ.
ފަހަކަށް އައިސް ޑީއާރުޕީގެ ގިނަ އަދަދެއްގެ އިސް ހަރަކާތްތެރިން އެޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.