އެމްޑީޕީ އިންތިޚާބް 2011 ކެންޑިޑޭޓުންގެ އޮބްޒާވަރުންނާ ބެހޭ

mdp-logo3

އެމްޑީޕީ އިންތިޚާބް 2011ގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓަކަށް 1(އެކެއް) އޮބްޒާވަރު، ވޯޓުލާ ކޮންމެ ފޮށްޓެއް ކައިރީގައި ހަރަކާތްތެރި ވުމުގެ ފުރުސަތު އެމްޑީޕީ އިންތިޚާބު 2011ގެ ގަވައިދުގެ 13 ވަނަ މާއްދާއިން ލިބިދީފައިވެއެވެ. ވީމާ 30 އޭޕްރީލް 2011 ވަނަ ދުވަހު އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން އަމަލުކުރަންޖެހޭ އުސޫލު މިދަންނަވަނީއެވެ.

އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 30 އޭޕްރީލް 2011 ވަނަ ދުވަހު ވޯޓްލާން ފެށުމުން އޮބްޒާވަރު ތަމްސީލްކުރާ ކެންޑިޑޭޓުގެ އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދެވިފައިވާކަމުގެ ސިޓީ ވޯޓްލަމުންދާ މަރުކަޒުގެ އެންމެ އިސްފަރާތައް ހަވާލުކުރުމުން ވޯޓް ފޮށި ކައިރީގައި އޮބްޒާވަރެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ހުއްދަ ލިބިފައިވާ ކަމުގެ ސިޓީ ހަވާލުކުރެވޭނެއެވެ. މި ސިޓީ ލިބުމުން އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ އެދެވުނީއެވެ.

ވީމާ މިކަން ކެންޑިޑޭޓުންގެ މަޢުލޫމާތަށްޓަކައި މިކަން އާއްމުކޮށް އަންގައިޢިއުލާން ކުރަމެވެ.