އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަސްލަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުން މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިންތިޚާބު 2011 ގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުން މިރޭ އޮންނާނެއެވެ.
އަސްލަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުން އޮންނާނީ މިރޭ 9 ޖަހާއިރު މއ. މަނަސް (ފެންބިލްޑިންގ ކައިރި) ގައެވެ. މި ހަފްލާގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުންނާއި، އެމްޑީޕީގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެން ދެއްވުމަށް އަސްލަމްގެ ކެމްޕެއިން ޓީމުން އެދެއެވެ.