ކެލާ ރަށު ކައުންސިލް މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ

އިބްރާހީމް ރާމިޒް

އިއްޔެ ކެލާގައި ބޭއްވި ކައުންސިލް އިންތިޚާބުގައި އެރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފި އެވެ.

ފެބްރުއަރީ 5 ވަނަ ދުވަހު ކެލާގައި ވޯޓުލުން ކުރިޔަށް ދަނިކޮށް ޖެހުނު މައްސަލަތަކަކާ ގުޅިގެން ގިނަބަޔަކު ވޯޓުލުމުގެ ހައްގުން މަހުރޫމްކޮށް، ވޯޓުލުން މެދު ކަނޑާލައި ހދ.ހަނިމާދޫއަށް ވޯޓުފޮށި ގެންގޮސް ގުނާފައިވާތީ ކެލާރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ހޯދުމަށް އެމްޑީޕީން ހުށަހެޅި މައްސަލައަކާ ގުޅިގެން އެރަށުގައި އިއްޔެ ބޭއްވި އިންތިޚާބުގެ ރަށު ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވައި ދެންހުރި ގޮނޑިތައް ގެންގޮސްފައިވަނީ އެމްޑީޕީން ނެވެ. އެހެން ނަމަވެސް ދާއިރާ ދެ ގޮނޑި ގެންގޮސްފައިވަނީ އިދިކޮޅު ޑީއާރުޕީއެވެ.

ކެލާ ރަށު ކައުންސިލްގެ ވަގުތީ ނަތީޖާ ތިރީގައި އެވަނީ އެވެ:

1. އަލީ ޝަރީފް (އެމްޑީޕީ) 554

2. އަބްދުﷲ ޒުބައިރު (އެމްޑީޕީ) 523

3. އާދަމް އަސްއަދު (ޑީއާރުޕީ) 513

4. ހައުލަތު މާހިރާ (އެމްޑީޕީ) 501

5. ހަސަން މަމްދޫހް (އެމްޑީޕީ) 491