ޑރ. ޑީޑީ މިރޭ ވިލިމާލޭ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ، ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ)، މިރޭ ވިލިމާލޭ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.
މިރޭ 9 ޖަހާއިރު ވިލިމާލޭ އެމްޑީޕީ ޖަގަހައިގައި އޮންނަ މި ބައްދަލުވުމަށް އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނާއި، ޕާޓީގެ ސަޕޯޓަރުންނާއި، ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވުމަށް ޑރ.ޑީޑީގެ ކެމްޕެއިން ޓީމުން އެދެއެވެ.