އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗްކުރުން މާދަމާރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗިންގ މިރޭ އޮންނާނެއެވެ.
އަލްހާންގެ ކެމްޕެއިން ޓީމުން ހާމަކުރި ގޮތުގައި މި ހަފްލާ އޮންނާނީ މާދަމާރޭ 9.00 ގައި އާޓިފިޝަލް ބީޗްގައެވެ. މި ހަފްލާ އެމްއެންބީސީ ވަން އިން ވަގުތުން ދުރަށްދައްކާނެއެވެ.
އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނާއި، ޕާޓީގެ ސަޕޯޓަރުންނާއި، ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމަށް އަލްހާންގެ ކެމްޕެއިން ޓީމުން އެދެއެވެ.