ޒަކީގެ ކެމްޕެއިން ޖަލްސާއެއް މިރޭ ހުޅުމާލޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިންތިޚާބު 2011 ގައި އެޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ އެޕާޓީގެ މިހާރުގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީގެ ކެމްޕެއިން ޖަލްސާއެއް މިރޭ ހުޅުމާލޭގައި އޮންނާނެއެވެ.
ޒަކީގެ ކެމްޕެއިން ޓީމުން ބުނީ މިރޭ މި ބާއްވާ ޖަލްސާ އޮންނާނީ ހުޅުމާލޭ ލާލޭ އިންޓަރނޭޝަނަލް ސްކޫލުގައި ކަމަށާއި، ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު ކަމަށެވެ. އަދި މި ޖަލްސާގައި އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނާއި، ޕާޓީގެ ސަޕޯޓަރުންނާއި، ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވުމަށް ޒަކީ ކެމްޕެއިން ޓީމުން އެދެއެވެ.