އެމްޑީޕީ ތޮއްޑޫ ދާއިރާގެ ނޫސް ބަޔާން

ނޫސް ބަޔާން

މިއަދު އޮތް ރައްޔިތުންގެ މަޖްލިސްގެ ޖަލްސާގައި މަޖްލިސް މެމްބަރުންގެ ކޮމެޓީ އެލެވެންސް ކަނޑާލުމަށް މިޕާރޓީގެ ޕާރލިމެންޓްރީ ޤްރޫޕުގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅި ބިލް އަނބުރާ ގެންދިއުމަށް މި ޕާރޓީގެ ޕާރލިމެންޓްރީ ޤުރޫޕުން ނިންމެވި ނިންމެވުން ތޮއްޑޫ ދާއިރާގެ މެމްބަރުންގެ ނަމުގައި ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ . އަދި ހަމަ އެހެންމެ އެ ބިލް ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރު މާރިޔާ އަހްމަދު ދީދީ ކޮމެޓީ އެލެވެންސް ބޭނުން ފުޅު ނުވާކަމަށާއި ، އެލެވެންސް ނުނަންގަވާނެކަމަށް ނިންމަވާފައި ވާތީ އިއްޒަތްތެރި މެމްބަރަށް ވަރަށް އިހްލާސްތެރި ކަމާއި ލޯތްބާއި އެކު ދާއިރާގެ މެމްބަރުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ. މި ފެނިގެން ދަނީ ރައްޔިތުންގެ އިހްސާސްތަށް ދަނެގެން، އިހްލާސްތެރިކަމާއި އެކު، އަމިއްލަ އެދުން އިސްކުރުމެއް ނެތި ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާ މެމްބަރުންގެ މިސާލެވެ. މިފުރުސަތުގައި ، މި ޕާރޓީގެ އިއްޒަތްތެރި މެމްބަރުންވެސް މާރިޔާ އަހްމަދު ދީދީ މިސާލަކަށް ބައްލަވައިގެން ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުން އިސްކުރުމެއް ނެތި މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

ހަސަން ޝިޔާން
އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ ރައިސް