ސިޔާސީ ޕާޓީތަކުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީގެ އާންމު މެންބަރުންނަށް އެޕާޓީން ހުޅުވާލައިފި

އިބްރާހީމް ރާމިޒް

ސިޔާސީ ޕާޓީތަކުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީގެ އާންމު މެންބަރުންނަށް އެޕާޓީން ހުޅުވާލައިފިއެވެ.

އެ ގޮތުން ސިޔާސީ ޕާޓީތަކުގެ ބިލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 11 އެޕްރީލް 2011 ވާ ހޯމަ ދުވަހުގެ ހެނދުނު 9.00 ގެ ކުރިން އެމްޑީޕީ ވެބްސައިޓްގައިޚިޔާލު ހުށަހެޅުއްވުމަށް އެމްޑީޕީން އެދެއެވެ.

މި ފުރުސަތު ހުޅުވާލުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލާ ގުޅޭގޮތުން އެމްޑީޕީގެ ވެބްސައިޓްގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް އާންމު މެންބަރުންގެ ޚިޔާލާއި ފިކުރު ހިމަނައިގެން ޕާޓީގެ އެންމެހާ ކަމެއް ބައްޓަން ކުރުމަށް އިސްކަންދޭ ޕާޓީއެއް ކަމަށެވެ. އަދި މިހާތަނަށް ވެސް ޕާޓީ ހިންގުމުގައި އާންމު މެންބަރުންގެ ފިކުރާއި،ޚިޔާލު މެދުނުކެނޑި އެމްޑީޕީއަށް ލިބެމުން ދާތީ މި ފުރުސަތުގެ ބޭނުން އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުން ހިފާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ބިލު ވިދާޅުވުމަށް މިލިންކަށް ފިއްތަވާ ލައްވާ