އެމްޑީޕީގެ ޚާއްސަ ދަންނަވާލުމެއް

އެމްޑީޕީ އިންތިޚާބު 2011 ގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސަމާލުކަމަށް

mdp-logo1

އެމްޑީޕީ އިންތިޚާބު 2011 ގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ޖަލްސާތަކާއި، ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް އިންތިޒާމް ކުރުމަގަ އާއި، އަދި މި ޕާޓީގެ ހަރުގެއާއި، އެހެނިހެން ވަސީލަތްތައް ބޭނުންކުރުމަށް ކެންޑިޑޭޓުން ރިކުއެސްޓް ކުރަމުން އެބަދެއެވެ.
ވީމާ ހުރިހާ ކެންޑިޑޭޓުން ވެސް މިގޮތަށް ރިކްއެސްޓް ކުރައްވާއިރު އެ ރިކްއެސްޓެއް ކުރެއްވުމުގެ މަދުވެގެން 03 ދުވަސް ކުރިން އެމްޑީޕީގެ މައި ސެކްރެޓޭރިއަޓްއަށް އެންގެވުން އެދެމެވެ. މިހެން މިދެންނެވީ މިހާރަކަށް އައިސް މިފަދަ ރިކްއެސްޓްތައް ލިބެމުންދާ މިންވަރު އިތުރުވަމުންދާތީ ހުރިހާ ކެންޑިޑޭޓޫންނަށް ވެސް މި ޕާޓީގެ ޚިދުމަތްތައް ހަމަހަމައަށް ލިބިގެންދާނޭ އިންތިޒާމެއް ގާއިމްކޮށް، ކެންޑިޑޭޓުން އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުންނެވެ.
ވީމާ އެމްޑީޕީ އިންތިޚާބު 2011 ގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ސަމާލުކަމަށްޓަކައި މި ވާހަކަ ދެންނެވީމެވެ.

4 އެޕްރީލް 2011

ޚާދިމްކުމް

ޙަސަން ޝާހް
ސެކްރެޓަރީ ޖެނެރަލް