އެމްޑީޕީގެ އާންމު ޖަލްސާއެއް މާދަމާރޭ ހަރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު ޖަލްސާއެއް މާދަމާ ރޭ އެޕާޓީގެ ހަރުގޭގައި އޮންނެ ކަމަށް އެޕާޓީން ބުނެފިއެވެ.
މާދަމާރޭ 8.45 ގައި ފަށާ މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކާއި ތާއީދުކުރައްވާ ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެދެއްވުމަށް އެޕާޓީން އެދެއެވެ.