MDP/2011-015
ކައުންސިލަރުން ތަމްރީން ކުރުމާއިބެހޭ
ކައުންސިލަރުން ތަމްރީން ކުރުމުގެ ނަމުގައި ހިންގާ ހަރަކާތްތަކުގައި އެމްޑީޕީގެ ކައުންސިލަރުން ބައިވެރިވުމަށް ބައެއް އިދިކޮޅު ސިޔާސީ ޕާޓީތަކުން މި ޕާޓީގެ ކައުންސިލަރުންގެ ކިބައިން އެދެމުންދާ ކަމުގެ މައުލޫމާތު މި ޕާޓީއަށް ވަނީ ލިބިފައެވެ.
މިކަމާއި ގުޅޭ ގޮތުން ދަންނަވަމެވެ. ހުރިހާ ކައުންސިލަރުން ވެސް އެ ކައުންސިރުންމެ ރަސްމީ ހައިސިއްޔަތުން މުޢާމަލާތްކޮށް، ޖަވާބު ދާރީވާން ޖެހޭ ފަރާތަކީ ސަރުކާރެވެ. އަދި މި ޕާޓީގެ ކައުންސިލަރުން ތަމްރީންކުރާނީ މި ޕާޓީ އިން ނުވަތަ މި ޕާޓީ މެދުވެރިވެގެން މިފަދަ ޕްރޮގްރާމްތައް ހިންގާ ފަރާތަކުންނެވެ. އިދިކޮޅު ފަރާތްތަކުން ނުވަތަ އެފަރާތްތަކާއި ގުޅިފައިވާ ފަރާތްތަކަކުންނެއް ނޫނެވެ.
ވީމާ ފިތުނަ އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ މި ފަދަ ހަރަކާތްތަކާއި މެދު ސަމާލުވެ، އެފަދަ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް މި ޕާޓީގެ އެންމެހާ ކައުންސިލަރުންނަށް ނަސޭހަތްތެރިވެ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރަމެވެ.
2 އެޕްރީލް 2011
ޚާދިމުތުކުމް
މާރިޔާ އަޙުމަދު ދީދީ
ޗެއަރޕާސަން