އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަސްލަމްގެ ކެމްޕެއިން ރަސްމީކޮށް ފެށުން މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ ކެމްޕެއިން ރަސްމީކޮށް ފެށުން މިރޭ އޮންނާނެއެވެ.
އަސްލަމްގެ ކެމްޕެއިން ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ އޮންނާނީ މިރޭ އެމްޑީޕީގެ ހަރުގޭގައި ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް މިނިސްޓަރ އަސްލަމްގެ އިތުރުން ދެން ކުރިމަތިލެއްވީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ގ.ކަކާގެ އާގޭ ޙުސައިން އާދަމް (އާދަމްބެ) އާއި، މިނިސްޓަރ އޮފް ސާޓޭޓް ފޯ ފައިނޭންސް އަސްލަމް މުޙައްމަދު ޝާކިރުއެވެ. އެހެން ނަމަވެސް އަސްލަމް ޝާކިރުވަނީ އެބޭފުޅާގެ ނަން އަނބުރާ ގެންދެވުމަށްފަހު އަލްހާން ފަހުމީއަށް ތާޢީދުކުރާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
މިނސްޓަރ އަސްލަމްގެ ކެމްޕެއިން މިރޭ ރަސްމީކޮށް ފަށާއިރު، އަލްހާން ފަހުމީ ވެސް ވަނީ މީގެ ދެ ދުވަސްކުރިން ދަރުބާރުގޭ ފަންސަވީހުގައި، ބޭއްވި ނޫސް ކޮންފަރެންސް އެއްގައި ކެމްޕެއިން ރަސްމީކޮށް ފެށިކަން އިޢުލާން ކޮށްފައެވެ. ،