ފ.މަގޫދޫ ކައުންސިލް މެންބަރ އެމްޑީޕީއަށް ސޮއިކޮށް އެ ކައުންސިލަކީ ސައްތައިން ސައްތަ އެމްޑީޕީ ކައުންސިލަކަށް ހަދައިފި

އިބްރާހީމް ރާމިޒް

ފ.މަގޫދޫ ކައުންސިލަށް އަމިއްލަ ގޮތުން ހޮވުނު މެންބަރ ޢަބްދުﷲ ރަޝީދު އެމްޑީޕީއަށް ސޮއިކުރެއްވުމުން އެ ކައުންސިލަކީ ސައްތައިން ސައްތަ އެމްޑީޕީ ކައުންސިލަކަށް ވެއްޖެއެވެ.
އިއްޔެ އެމްޑީޕީ ސެކްރެޓޭރިއަޓްގައި ސޮއިކުރެއްވުމަށް ފަހު ޢަބްދުﷲ ރަޝީދު ވިދާޅުވީ އެމްޑީޕީއާ ގުޅުނީ ރަށާއި ގައުމަށް އެންމެ އެކަށީގެންވާ ޚިދުމަތެއް މިހާރޮ ކޮށްދެވެން އޮތީ އެމްޑީޕީއާ ގުޅިގެން ކަމަށެވެ.
ފ. ނިލަންދޫރަށު ކައުންސިލް ފިޔަވައި އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކަކީ ވެސް އެމްޑީޕީގެ އަޤްލަބިއްޔަތު އޮންނަ ކައުންސިލްތަކެވެ. އެގޮތުން ފ.އަތޮޅުގެ 31 ގޮނޑީގެ ތެރެއިން 19 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު، ޑިއާރުޕީއަށް ވެސް އަދި އަމިއްލަ ކެންޑިޑޭޓުންނަށް ވެސް ލިބިފައިވަނީ 6 ގޮނޑިއެވެ.