އެމްޑީޕީގެ ޚާއްސަ ޖަލްސާ މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ

އިބްރާހީމް ރާމިޒް

mdp-logo1

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނޭ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
މިރޭ 8.45 ގައި އާޓިފިޝަލް ބީޗުގައި ފަށާ، މި ޖަލްސާއަށް އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނާއި، ޕާޓީއަށް ތާއީދުކުރައްވާ އަދި ހެޔޮއެދި ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ވަޑައިގެންނެވުމަށް އެޕާޓީން އެދެއެވެ.
މިރޭ އެމްޑީޕީން މި ބާއްވާ ޚާއްސަ ޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ރަސްމީ ކެމްޕެއިން ނިންމުމަށްފަހު އެމްޑީޕީން ބާއްވާ މިފަދަ ފުރަތަމަ ޖަލްސާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގައި ރާއްޖޭގެ ވަރަށް މަޝްހޫރު ބައެއް ފަރާތްތަކުން އެމްޑީޕީއާ ގުޅޭނެއެވެ.
މި ޖަލްސާގެ ރެކޯޑިންގ މާދަމާރޭ 9.30 ގައި އެމް އެންބީސީގެ ޗެނަލް ވަން އިން ދައްކާނެއެވެ.