އިޢުލާން: ދެކުނު ޕްރޮވިންސްގެ އެމްޑީޕީ އިންތިޚާބާއި ބެހޭ

MDP/2011-014

ދެކުނު ޕްރޮވިންސްގެ އިންތިޚާބާއިބެހޭ

މިޕާޓީގެ އެތެރޭގެ އިންތިޚާބު 30 އޭޕްރިލް 2011 ގައި ބޭއްވުމަށް ކޮށްފައިވާ އިޢުލާން ނަންބަރު MDP/2011/I-005 އާއި ޙަވާލީދަންނަވަމެވެ. އެއިޢުލާންގައި ބަޔާންކޮށްފައިވާ ޕްރޮވިންސްގެ ރައީސުންނާއި ނައިބްރައީސުން ހޮވުމުގައި އައްޑޫސިޓީއާއި ދެކުނު ޕްރޮވިންސްގެ އިންތިޚާބުގައި ކުރިޔަށްދާނެ ގޮތާކާއި ބެހޭ ގޮތުން މިޕާޓީގެ ސެކްރެޓޭރިއަޓަށް ތަފާތު ޚިޔާލު އަންނަމުންދާތީ މިކަމާއި ބެހޭގޮތުން ޕާޓީގެ ލީޑަރޝިޕާއި ދާއިރާތަކުގެ ރައީސުންނާއިއެކު މިޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ އައްޑޫ އިން ހޮވާނީ އައްޑޫ ސިޓީގެ ރައީސް އަދި ނައިބް ރައީސްކަމަށާއި، ދެކުނު ޕްރޮވިންސްގެ ރައީސްއާއި ނައިބް ރައީސް އިންތިޚާބު ކުރާނީ ފުވައްމުލަކުންކަމަށެވެ.
ވީމާ އައްޑޫސިޓީއާއި ދެކުނު ޕްރޮވިންސްގެ ރައީސް އަދި ނައިބްރައީސް ކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ބޭފުޅުން 03 އޭޕްރިލް 2011 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން އެމްޑީޕީގެ މައި ސެކްރެޓޭރިއެޓަށް އައިޑީ ކާޑު ކޮޕީއާއި އެކު ސިޓީއަކުން ހުށައެޅުއްވުމަށް ދަންނަވަމެވެ. ފެކްސް އިން ނަމަ 3322960 މި ނަންބަރަށެވެ. އަދި އީ މެއިލް އިން ނަމަ ފޮނުއްވާނީ elections@mdp.org.mv އަށެވެ.
އަދި މި ޕާޓީގެ އިޢުލާން ނަންބަރު MDP/2011/I-005 އާއި ގުޅިގެން ސިޓީފޮނުއްވި ފަރާތްތަކުން ތާޢީދު ފޯމު ހުށަހަޅަން ނުޖެހޭނޭ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
27 މާރޗް 2011
ޚާދިމުކުމް

ޙަސަން ޝާހް
ސެކްރެޓަރީ ޖެނެރަލް