އެމްޑީޕީން ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފި

އިބްރާހީމް ރާމިޒް

މިއަންނަ ހޮނިހިރު ދުވަހުގެރޭ އާޓިފިޝަލް ބީޗް ގައި ވަރަށް ޚާއްސަ ޖަލްސާ އެއް ބާއްވާނޭ ކަމަށް އިއުލާން ކުރުމަށް ފަހު އެމްޑީޕީން އެޖަލްސާ ފަސްކޮށްފިއެވެ.
އެޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސް ކުރަން ޖެހުނީ އެރެއަކީ އާރތްއަވަރ ފާހަގަކުރާ ރެއަށް ވެފައި އެފަދަ ހަފްލާއެއް އެރޭ ބޭއްވުަށް ރަގަޅު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ލަފާފުޅު ދެއްވުމާ ގުޅިގެން ކަމަށެެވެ.
މި ޖަލްސާ މިފެށޭ ހަފްތާގެ އާދީއްތަ ނުވަތަ ހޯމަ ދުވަހުގެރޭ ބޭއްވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.