މެންބަރުންގެ ޚިޔާލު: ތަރައްގީގެ ކަންކަންރާވާ ހިންގާމީހުންނަކީ، ބޯދާ ވިސްނުމުގެ ބަޔަކަށް ނުވާށެވެ!

ހަސަން މާހިރު/ ހުޅުދޫ، އައްޑޫ ސިޓީ

ޔުނިޓަރީ ދައުލަތެއްގެ ޤާނޫނީ ބާރު ކަނޑުވާލަން އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެއެވެ. އެއީ ޤާނޫނު ތަންދޭ ކަމެއްނޫނެވެ. އެހެންނޫނަސް އެއީ ދިވެހިން ކުރަން ބޭނުންވާ ކަމެއްވެސް ނޫނެވެ. ސަބަބަކީ، ދިވެހިންނަކީ އެއްދީނެއްގެ އެއްނަސްލެއްގެ އެއް ސަގާފަތެއްގެ އަހުލުވެރިން ނަށް ވުމެވެ. އަދި މީސްކޮޅު މަދު ގައުމަކަށް ވެސްވުމެވެ. ނަމަވެސް ޔުނިޓަރީ ދައުލަތެއްގެ ތެރެއިން، ލާމަރުކަޒީ ސިޔާސަތާއި ވިސްނުން ތަކުގެ ތެރެއިން އައްޑޫ ސިޓީ ތަރައްގީ ކުރަން އެދޭނަމަ، ވިސްނާ ފިކުރުކުރަން ޖެހޭ ގިނަގުނަ ނުކުތާތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ އައްޑޫ އަތޮޅުގެ ބޯދާ އިގުތިސާދީ ތާރީޙުގެ ތެރެއަށް ޖެހިލަމާ ތޯއެވެ؟ މީލާދީން 9 ވަނަ ޤަރުނުގައި ނުވަތަ ރާއްޖެ އިސްލާމް ވުމުގެ ދެ ޤަރުނުބައި ކުރިން އައްޑޫ އަތޮޅުގެ ބޮޑެތި އަރުމާޒް އޮޑިފަހަރުން އަސޭކަރައާއި އެފްރިކާގެ ބައްރުތަކާއި ސީނުކަރައިގެ ރަށްތަކުން އަރަބްސްތާނުގެ ރަށްތަކަށް އޮޑިފަހަރުން ދަތުރުކޮށް ވިޔަފާރީގެ މަންފަޢަ ހޯދާފައިވާކަން ތާރީޙީ ސަފްހާ ތަކުންނާއި ފެންނަން ހުރި ބައެއް މަދު އަސާރީ ތަކެތިން އެބަސާބިތު ކޮށްދެއެވެ.
ކަންއޮތީ މިހެންކަމުގައި ވިޔަސް އަރުމާޒް ބޮޑެތި އޮޑި ފަހަރުގައި ކުރަމުން ދިޔަ މިފަދަ ވިޔަފާރިތައް މެދުކެނޑުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަކީ މުޅި ދުނިޔޭގެ ވިޔަފާރި ކުރަމުން ދިޔަ އުސޫލުތައް މެދުކެނޑި ބަދަލުވެގެން ދިޔަ ހަނގުރާ މައެކެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނުއިރު، ދިވެހިންގެ އެންމެ ފަހުގެ ބޮޑު ވިޔަފާރީގެ ބައިވެރިއަކީ އޮޅުދޫ ކަރައެވެ. ނުވަތަ ސިލޯނެވެ. އައްޑޫ އަތޮޅުން ހިކިކަނޑު މަހާއި ކޮފްރާއާއި ރޯނުފަދަ އަދި ބޮލިފަދަ ތަކެތި ބަރާކޮށް އަރުމާޒް ބޮޑެތި އޮޑިފަހަރުން އިމްޕޯޓް އެކްސްޕޯޓް ކޮށްފައި ވެއެވެ. ވިޔަފާރީގެ މަންފަޢަ ހޯދާފައި ވެއެވެ. ނަމަވެސް ބޮޑު ހަނގުރާމަ ނިމުނުއިރު، ސިލޯނަށް ކުރަމުން ދިޔަ ވިޔަފާރީގެ ދަތުރުތައް މެދުކެނޑި އޮޑިފަހަރު އެއްގަމަށް އެހެލާ، ނިމިއްޖެއެވެ. އެހެންކަމުން އައްޑޫ ރައްޔިތުންގެ ދިރިއުޅުމުގެ މުސްތަގުބަލް އަލުން އާރާސްތު ކުރަންޖެހުނެވެ. ނަސީބު ދިމާކުރި ގޮތުން 1946 ވަނަ އަހަރު އިނގިރޭސި ރޯޔަލް އެއަރފޯސް އައްޑޫ އަތޮޅު ގަމަށް ފައިބާފިއެވެ. އެހެންކަމުން މީލާދީން 1946 އިން 1976 އައްޑޫ ރައްޔިތުން ދިރިއުޅެމުން ދިޔައީ އުފާ ފާގަތިކަން މަތީގައެވެ. ބޭސްފަރުވާ ކުރެވި އާމްދަނީ ލިބޭބައެއްގެ ގޮތުންނެވެ. ނަމަވެސް 1976 އަހަރު އިނގިރޭސި ރޮޔަލް އެއަރފޯސް އައްޑޫ ގަމުން ފޭބުމާއެކު، އައްޑޫ އަތޮޅުގެ ރައްޔިތުން ކުރިމަތި ލާންޖެހުނީ އިގުތިސާދީ ތަދުމަޑުކަމުގެ މައްޗަށެވެ. މިފަދަ ބޮޑު އިގުތިސާދީ ތަދުމަޑުކަމެއް ކުރިމަތި ވީހިނދު، އައްޑޫ ރައްޔިތުންގެ ހައްޤުގައި ކުރީގެ ސަރުކާރުން ދެއްކި އެއްވެސް އިގުތިސާދީ ތަރައްގީއެއް ނެތެވެ. ކުރުގޮތަކަށް ދަންނަވާނަމަ، ދައުލަތުގެ މަތިވެރި ވާޖިބުތައް ރައްޔިތުންގެ މައްޗަށް އަދާ ނުކުރެވުނު ހިނދު، ޖާހިލެއްގެ މިސާލުން އިނގިރޭސިން ގަމަށް ދޫކޮށްދިޔަ އިންފްރާންސް ޓްރަކްޗަރ ފުނޑުފުނޑުކޮށް ނައްތާލިއެވެ. ނަތީޖާއަކަށްވީ ގިނަބަޔަކު އައްޑޫ އަތޮޅު ދޫކޮށް މާލެއަށް ހިޖުރަކުރުމެވެ. އެހެންކަމުން އައްޑޫ އަތޮޅުގެ ރައްޔިތުންގެ ގޯތިގެދޮރު ޚަރާބުވެ ނެތި ހިނގައްޖެއެވެ. މިއަދު އައްޑޫ ރައްޔިތުން އަތޮޅަށް ގޮސް ދިރިއުޅޭނެ ގޯތި ގެދޮރުވެސް ނެތެވެ. އަލުންބަލުން ޖެހެނީ ގޯތިގެދޮރު އިމާރާތް ކުރާށެވެ. މިއަދު އަޅުގަނޑު ދިވެހި ސަރުކާރަށާއި އައްޑޫ ސިޓީ ކައުންސިލަށް އިލްތިމާސް ކުރަނީ ވިޝަން ޕްލޭންތަކެއްގެ ދަށުން އެންމެ ފުރަތަމަވެސް އައްޑޫ ސިޓީއަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށް، ދިނުމެވެ. އައްޑޫ ސިޓީގެ ނަމުގައި ސިޓީގެ ތަރައްގީއަށްޓަކާ ބޮޑެތި ކުންފުނިތައް އުފައްދާ ބޮޑެތި ލޯންތައް ހޯދާށެވެ. އެލޯނުތަކުގެ ތެރެއިން ސިޓީ ތަރައްގީ ކުރުމުގެ ކަންކަން ހިންގާށެވެ ހަމައެއާއެކު، ފޮރިންއިންވެސްޓް މަންޓް ހޯދުމަށް އަވަސްވެ ގަންނާށެވެ. ރައްޔިތުންނަށް އެބައިމީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށް ދިނުމެވެ. ރާއްޖޭގެ އާބާދީގެ ތިންލައްކަ ފަންސާސް ދެހާސް މީހުންގެ ތެރެއިން، ދެލައްކަ ހައްދިހާސް މީހުންނަށް މާލެ ހިޖުރަކޮށް ނުއުޅެވޭނެއެވެ. މިހަގީގަތް ދިވެހި ދައުލަތުން ގަބޫލުކުރަން ޖެހެއެވެ. ގައުމުގެ ތަރައްގީގެ ކަންކަންރާވާ ހިންގާމީހުންނަކީ މިފަދަ ކަންކަމުގެ މައްޗަށް ތަސައްރަފް ފުދޭމީހުންނަށް ވާންޖެހެއެވެ. މިސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް އިއުލާން ކޮށްފައިވާ ތަރައްގީގެ އެންމެހާ ކަންކަން އަބަހަށް ތަންފީޒް ކުރުމަށް ގޮވާލަމެވެ. މިކަމުގައި އައްޑޫ ސިޓީގެ އެއްބާރުލުން ނިހާޔަތައް ބޭނުންވާނެއެވެ. މިގައުމުގެ ތަރައްގީގެ ކަންކަންރާވާ ހިންގާމީހުންނަކީ، ބޯދާ ވިސްނުން ތެރިންނަށް ނުވާށެވެ!
ތަރައްގީގެ ކަންކަންރާވާ ހިންގާމީހުންނަކީ، ބޯދާ ވިސްނުން ތެރިންނަށް ނުވާށެވެ! ޔުނިޓަރީ ދައުލަތެއްގެ ޤާނޫނީ ބާރު ކަނޑުވާލަން އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެއެވެ. އެއީ ޤާނޫނު ތަންދޭ ކަމެއްނޫނެވެ. އެހެންނޫނަސް އެއީ ދިވެހިން ކުރަން ބޭނުންވާ ކަމެއްވެސް ނޫނެވެ. ސަބަބަކީ، ދިވެހިންނަކީ އެއްދީނެއްގެ އެއްނަސްލެއްގެ އެއް ސަގާފަތެއްގެ އަހުލުވެރިން ނަށް ވުމެވެ. އަދި މީސްކޮޅު މަދު ގައުމަކަށް ވެސްވުމެވެ. ނަމަވެސް ޔުނިޓަރީ ދައުލަތެއްގެ ތެރެއިން، ލާމަރުކަޒީ ސިޔާސަތާއި ވިސްނުން ތަކުގެ ތެރެއިން އައްޑޫ ސިޓީ ތަރައްގީ ކުރަން އެދޭނަމަ، ވިސްނާ ފިކުރުކުރަން ޖެހޭ ގިނަގުނަ ނުކުތާތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ އައްޑޫ އަތޮޅުގެ ބޯދާ އިގުތިސާދީ ތާރީޙުގެ ތެރެއަށް ޖެހިލަމާ ތޯއެވެ؟ މީލާދީން 9 ވަނަ ޤަރުނުގައި ނުވަތަ ރާއްޖެ އިސްލާމް ވުމުގެ ދެ ޤަރުނުބައި ކުރިން އައްޑޫ އަތޮޅުގެ ބޮޑެތި އަރުމާޒް އޮޑިފަހަރުން އަސޭކަރައާއި އެފްރިކާގެ ބައްރުތަކާއި ސީނުކަރައިގެ ރަށްތަކުން އަރަބްސްތާނުގެ ރަށްތަކަށް އޮޑިފަހަރުން ދަތުރުކޮށް ވިޔަފާރީގެ މަންފަޢަ ހޯދާފައިވާކަން ތާރީޙީ ސަފްހާ ތަކުންނާއި ފެންނަން ހުރި ބައެއް މަދު އަސާރީ ތަކެތިން އެބަސާބިތު ކޮށްދެއެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް އަރުމާޒް ބޮޑެތި އޮޑި ފަހަރުގައި ކުރަމުން ދިޔަ މިފަދަ ވިޔަފާރިތައް މެދުކެނޑުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަކީ މުޅި ދުނިޔޭގެ ވިޔަފާރި ކުރަމުން ދިޔަ އުސޫލުތައް މެދުކެނޑި ބަދަލުވެގެން ދިޔަ ހަނގުރާ މައެކެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނުއިރު، ދިވެހިންގެ އެންމެ ފަހުގެ ބޮޑު ވިޔަފާރީގެ ބައިވެރިއަކީ އޮޅުދޫ ކަރައެވެ. ނުވަތަ ސިލޯނެވެ. އައްޑޫ އަތޮޅުން ހިކިކަނޑު މަހާއި ކޮފްރާއާއި ރޯނުފަދަ އަދި ބޮލިފަދަ ތަކެތި ބަރާކޮށް އަރުމާޒް ބޮޑެތި އޮޑިފަހަރުން އިމްޕޯޓް އެކްސްޕޯޓް ކޮށްފައި ވެއެވެ. ވިޔަފާރީގެ މަންފަޢަ ހޯދާފައި ވެއެވެ. ނަމަވެސް ބޮޑު ހަނގުރާމަ ނިމުނުއިރު، ސިލޯނަށް ކުރަމުން ދިޔަ ވިޔަފާރީގެ ދަތުރުތައް މެދުކެނޑި އޮޑިފަހަރު އެއްގަމަށް އެހެލާ، ނިމިއްޖެއެވެ. އެހެންކަމުން އައްޑޫ ރައްޔިތުންގެ ދިރިއުޅުމުގެ މުސްތަގުބަލް އަލުން އާރާސްތު ކުރަންޖެހުނެވެ. ނަސީބު ދިމާކުރި ގޮތުން 1946 ވަނަ އަހަރު އިނގިރޭސި ރޯޔަލް އެއަރފޯސް އައްޑޫ އަތޮޅު ގަމަށް ފައިބާފިއެވެ. އެހެންކަމުން މީލާދީން 1946 އިން 1976 އައްޑޫ ރައްޔިތުން ދިރިއުޅެމުން ދިޔައީ އުފާ ފާގަތިކަން މަތީގައެވެ. ބޭސްފަރުވާ ކުރެވި އާމްދަނީ ލިބޭބައެއްގެ ގޮތުންނެވެ. ނަމަވެސް 1976 އަހަރު އިނގިރޭސި ރޮޔަލް އެއަރފޯސް އައްޑޫ ގަމުން ފޭބުމާއެކު، އައްޑޫ އަތޮޅުގެ ރައްޔިތުން ކުރިމަތި ލާންޖެހުނީ އިގުތިސާދީ ތަދުމަޑުކަމުގެ މައްޗަށެވެ. މިފަދަ ބޮޑު އިގުތިސާދީ ތަދުމަޑުކަމެއް ކުރިމަތި ވީހިނދު، އައްޑޫ ރައްޔިތުންގެ ހައްޤުގައި ކުރީގެ ސަރުކާރުން ދެއްކި އެއްވެސް އިގުތިސާދީ ތަރައްގީއެއް ނެތެވެ. ކުރުގޮތަކަށް ދަންނަވާނަމަ، ދައުލަތުގެ މަތިވެރި ވާޖިބުތައް ރައްޔިތުންގެ މައްޗަށް އަދާ ނުކުރެވުނު ހިނދު، ޖާހިލެއްގެ މިސާލުން އިނގިރޭސިން ގަމަށް ދޫކޮށްދިޔަ އިންފްރާންސް ޓްރަކްޗަރ ފުނޑުފުނޑުކޮށް ނައްތާލިއެވެ. ނަތީޖާއަކަށްވީ ގިނަބަޔަކު އައްޑޫ އަތޮޅު ދޫކޮށް މާލެއަށް ހިޖުރަކުރުމެވެ. އެހެންކަމުން އައްޑޫ އަތޮޅުގެ ރައްޔިތުންގެ ގޯތިގެދޮރު ޚަރާބުވެ ނެތި ހިނގައްޖެއެވެ. މިއަދު އައްޑޫ ރައްޔިތުން އަތޮޅަށް ގޮސް ދިރިއުޅޭނެ ގޯތި ގެދޮރުވެސް ނެތެވެ. އަލުންބަލުން ޖެހެނީ ގޯތިގެދޮރު އިމާރާތް ކުރާށެވެ. މިއަދު އަޅުގަނޑު ދިވެހި ސަރުކާރަށާއި އައްޑޫ ސިޓީ ކައުންސިލަށް އިލްތިމާސް ކުރަނީ ވިޝަން ޕްލޭންތަކެއްގެ ދަށުން އެންމެ ފުރަތަމަވެސް އައްޑޫ ސިޓީއަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށް، ދިނުމެވެ. އައްޑޫ ސިޓީގެ ނަމުގައި ސިޓީގެ ތަރައްގީއަށްޓަކާ ބޮޑެތި ކުންފުނިތައް އުފައްދާ ބޮޑެތި ލޯންތައް ހޯދާށެވެ. އެލޯނުތަކުގެ ތެރެއިން ސިޓީ ތަރައްގީ ކުރުމުގެ ކަންކަން ހިންގާށެވެ ހަމައެއާއެކު، ފޮރިންއިންވެސްޓް މަންޓް ހޯދުމަށް އަވަސްވެ ގަންނާށެވެ. ރައްޔިތުންނަށް އެބައިމީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށް ދިނުމެވެ. ރާއްޖޭގެ އާބާދީގެ ތިންލައްކަ ފަންސާސް ދެހާސް މީހުންގެ ތެރެއިން، ދެލައްކަ ހައްދިހާސް މީހުންނަށް މާލެ ހިޖުރަކޮށް ނުއުޅެވޭނެއެވެ. މިހަގީގަތް ދިވެހި ދައުލަތުން ގަބޫލުކުރަން ޖެހެއެވެ. ގައުމުގެ ތަރައްގީގެ ކަންކަންރާވާ ހިންގާމީހުންނަކީ މިފަދަ ކަންކަމުގެ މައްޗަށް ތަސައްރަފް ފުދޭމީހުންނަށް ވާންޖެހެއެވެ. މިސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް އިއުލާން ކޮށްފައިވާ ތަރައްގީގެ އެންމެހާ ކަންކަން އަވަހަށް ތަންފީޒް ކުރުމަށް ގޮވާލަމެވެ. މިކަމުގައި އައްޑޫ ސިޓީގެ އެއްބާރުލުން ނިހާޔަތައް ބޭނުންވާނެއެވެ. މިގައުމުގެ ތަރައްގީގެ ކަންކަންރާވާ ހިންގާމީހުންނަކީ، ބޯދާ ވިސްނުން ގެންގުޅޭ ބަޔަކަށް ނުވާށެވެ!