އިޢުލާން: އެމްޑީޕީ އިންތިޚާބު، އެޕްރީލް 2011 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ސަމާލުކަމަށް

MDP/2011-013
23 މާޗް 2011، ބުދ

އެމްޑީޕީ އިންތިޚާބު އެޕްރީލް 2011 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތަކުގެ ތާނަ ލިސްޓެއް މިހާރުވާނީ އެމްޑީޕީގެ ރަސްމީ ވެބްސައިޓް www.mdp.org.mv ގައި އާންމުކޮށްފައެވެ.
ވީމާ ހުރިހާ ކެންޑިޑޭޓުން ވެސް މި ލިސްޓް ބައްލަވައި އެ ކެންޑިޑޭޓުންގެ ތަފްސީލު މައުލޫމާތުގައި އެއްވެސް މައްސަލައެއް ވާނަމަ، ނުވަތަ ނަން އަނބުރާ ނަންގަވަން ބޭނުންވާނަމަ 26 މާރޗް 2011 ވާ ހޮނިހިރު ދުވަހުގެ 16.00 ގެ ކުރިން މި ޕާޓީގެ ސެކްރެޓޭރިއަޓް (ހ.ޝަރާޝާ، 2 ވަނަ ފަންގިފިލާ) އަށް ލިއުމަކުން ފޮނުއްވުން އެދެމެވެ. ފެކްސް އިން ނަމަ ފޮނުއްވާނީ 3322960 މި ނަންބަރަށެވެ. އީމެއިލް އިން ފޮނުއްވާނަމަ ފޮނުއްވާނީ elections@mdp.org.mv އަށެވެ.
ވޯޓު ކަރުދާހުގައި ނަން ޖެހުމަށް ހަމަޖެހިފައިވަނީ މިދެންނެވި ލިސްޓްގައިވާ ގޮތަށް ކަމަށް ވާތީ ހުރިހާ ކެންޑިޑޭޓުން ވެސް މިކަމަށް ސަމާލުވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.