އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް – ޑރ.ޑީޑީ

އިބްރާހީމް ރާމިޒް

ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލެއްވި އެންމެ ބޮޑު އެއް ސަބަބަކީ އަންނަ ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުން ބޮޑު ކާމިޔާބީ އެއް މިހާރުގެވެސް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ހޯއްދަވައި ދެއްވުން ކަމުގައި އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

އިއްޔެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޑރ.ޑީޑީ ވިދާޅުވީ
މިއަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި، ޕާޓީގެ ލީޑަރ ޝިޕާއި، ޕާޓީގެ ދާއިރާތަކުގެ އިސް ބޭފުޅުންނާއި އަދި ސަރުކާރުގެ ވުޒާރާތަކުން ކެނޑި ނޭޅި މަސައްކަތްކުރައްވާނޭ ކަމުގައެވެ.

ޕާޓީގެ ރައީސް ކަން ލިބި ވަޑައިގެންފިނަމަ ޕާޓީ ގެންދަވަން މަސައްކަތް ކޮން ގޮތަކަށްތޯ ކުރި ސުވާލުގައި ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލެއްވީ ވަކި ތަސައްވުރަކާއިގެންކަން ފާހަގަ ކުރައްވަމުން ޑރ.ޑީޑީ ވިދާޅުވީ ދިވެހި ރައްޔިތުން މިވަނީ ޕާޓީ ނިޒާމެއް ބަލައިގަންފައިކަމަށާއި މީގެ ކުރިން ސަރުކާރުން ދެމުންގެންދާ ޙިދުމަތެއް ނުލިބި މާޔޫސް ކަމާއި ރައްޔިތު މީހާ ކުރިމަތިލާން ޖެހުނަސް މިއަދު ސަރުކާރުން ދެއްވާ ޚިދުމަތެއް ނުލިބި އެކަމާއި މަޔޫސް ވެގެން ނުވާނެ ކަމުގައި ޑރ.ޑީޑީ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީ ކަމުގައި ވިޔަސް ސަރުކާރު ހިންގުމުގައި ބައިވެރިވެ އެއާއި އެކު ސަރުކާރަށް ފާރަވެރިވެ އިންތިޚާބުތައް ފުރިހަމަ އަޤުލަބިއްޔަތަކުން އެމްޑީޕީއަށް ކާމިޔާބު ހޯއްދަވައި ދެއްވުމަކީ އެނާ ގެ އެންމެ ބޮޑު އެއް ތަސައްވަރުކަމުގައި ވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.