އިއުލާނު: އެމްޑީޕީ އިންތިޚާބު 2011ގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރވުން

MDP/2011-010
21 މާޗް 2011، ހޯމަ

އެމްޑީޕީ އެތެރޭގެ އިންތިޚާބު 2011 ގައި ވޯޓުލުން އޮންނާނީ 30 އޭޕްރިލް 2011 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ. މި އިންތިޚާބުގައި ވޯޓް ލެވޭނީ ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ތަންތަނަށްކަމަށް އިންތިޚާބާއި ބެހޭ ކޮމެޓީއިން ވަނީ ނިންމާފައެވެ. މިނޫންގޮތަކަށް ވޯޓުލުމަށް ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތައް އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީކުރަން މިޕާޓީއަށް، ސިޓީއަކުން، ފެކްސް އަކުން ނުވަތަ އީމެއިލް އިން އައިޑީ ކާޑުގެ ކޮޕީ އާއި އެކު 10 އޭޕްރިލް 2011 ގެ 16:00 ގެ ކުރިން ހުށައަޅުއްވަން ވާނެއެވެ. މިގޮތަށް ހުށައަޅުއްވާ އިރު ސިޓީ ފޮނުއްވާނީ އެމް.ޑީ.ޕީގެ މައި ސެކްރެޓޭރިއަޓް ހ.ޝަރާޝާ 2 ވަނަ ފަންގިފިލާއަށް ސިޓީއުރައިގެ ބޭރުގައި “އިންތިޚާބުގައި ރަޖިސްޓްރީވުމަށް އެދި” ލިޔުމަށްފަހުއެވެ. ފެކްސްއިން ފޮނުވާނަމަ ފޮނުވާނީ 3322960 އަށް. އަދި އީމެއިލް އިން ނަމަ elections@mdp.org.mv އަށެވެ. މިގޮތުން ރަޖިސްޓްރީ ވުމަށް އެދުމަށް ފަހު އެކަން އެމް.ޑީ.ޕީ ސެކްރެޓޭރިއަޓަށް ލިބުނުކަން ޔަޤީން ކުރުމަކީ ސިޓީ ނުވަތަ އިމެއިލް ފޮނުވާ ފަރާތުގެ ޒިންމާ އެއްކަމަށް ވެސް ދަންނަވަމެވެ. އަދި މިގޮތުން އެންމެފަހުގެ ރަޖިސްޓްރީ އެމްޑީޕީ ވެބްސައިޓް www.mdp.org.mv ގައި އޮންނާނެ ވާހަކަދެންނެވީމެވެ. އަދި ވޯޓުފޮށިތައް ބަހައްޓަން އިންތިޚާބާބެހޭ ކޮމެޓީއިން ނިންމާފައިވަނީ ހަމަ އެކަނި މީހުން ދިރިއުޅޭ ރަށްރަށުގައެވެ.
ވީމާ ސިނާޢީ ރަށްރަށުގައާއި ރިސޯޓުތަކުގައި ތިއްބަވާ ބޭފުޅުން ވޯޓުލުމުގައި މިކަމަށް ސަމާލުވެލައްވައިގެން މީހުން ދިރުއުޅޭ ރަށްރަށުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.