ހެންވޭރު އޯކިޑްގައި ހިނގި އަލިފާނުގެ ޙާދިޘާއެއްގައި، އެގޭ ދެބޭފުޅަކު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެގެއަށް ޒިޔާރަތް ކުރައްވައި، ޢާއިލާގެ ބޭފުޅުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެ

ހެންވޭރު އޯކިޑްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ޙާދިޘާއެއްގައި، އެގޭ ދެބޭފުޅަކު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެގެއަށް ޒިޔާރަތް ކުރައްވައި، ޢާއިލާގެ ބޭފުޅުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މިޙާދިޘާގައި އަވަހާރަވީ ހާޖީއެދުރުގޭ ދޮންސިއްތިއާއި، އޭނާގެ ބޭފުޅެއް ކަމަށްވާ އިއުތިޝާމް އާދަމެވެ.

މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ފާޠިމަތު ޢާފިޔާ އާއި، ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބާ އިރްތިޝާމް އާދަމަކީވެސް ދޮންސިއްތިގެ ދެބޭފުޅުންނެވެ.

އެ ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މިޚަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ، އެ ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ފޮނުއްވިއެވެ.