އިއުލާނު: އެމް.ޑީ.ޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ޕާޓީގެ ހަރުގެތަކުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ފަހި ކުރުމަށް ގޮވާލުން

19 މާރޗް 201 ، ހޮނިހިރު
MDP/2011-008

30އޭޕްރިލް 2011 ވާ ހޮނިހިރުދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ އިންތިޚާބަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ކުރިމަތިލައްވާފައެވެ. އެގޮތުން ތަފާތު އެކި ފެންވަރުގެ 13 މަގާމަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ޕާޓީގެ ވަރަށް ގިނަ މެންބަރުން ކުރިމަތިލައްވާފައިވާކަން މި ޕާޓީން އުފަލާއެކު ފާހަގަކުރަމެވެ.
ވީމާ މިއިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް މާލެ ސިޓީއާއި، އައްޑޫ ސިޓީ އަދި އަތޮޅުތަކުގެ އެމްޑީޕީ ހަރުގެތަކުގައި، ހަމަހަމަ އުސޫލަކުން ކެމްޕެއިން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް އެމްޑީޕީގެ ހުރިހާ ދާއިރާތަކަށް ގޮވާލަމެވެ.