އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު ޖަލްސާ އެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ފެށޭ މި ޖަލްސާއަށް އެޕާޓީގެ މެންބަރުންނާއި، ސަޕޯޓަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެދެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ.
އެމްޑީޕީގެ އާންމު ޖަލްސާއެއް މި ބާއްވަނީ މިފަދަ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހުގައެވެ.