ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވުން މިއަދު މެންދުރުފަހު އޮންނާނެ – އެމްޑީޕީ

އިބްރާހީމް ރާމިޒް

1111

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުން، މޮރިޝަސްގެ ގައުމީ ދުވަސް ފާހަގަ ކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މެންދުރުފަހު މާލެވަޑައިގަންނަވާތީ އެދެކަނބަލުންނަށް މަރުހަބާ ދެނެނެވުމަށް އެމްޑީޕީން ތައްޔާރުވަމުންދާ ކަމަށް އެޕާޓީން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މޮރިޝަސް އަށް ކުރެއްވި ދަތުރުފުޅުގައި މޮރިޝަސްގައި ދެވޭ އެންމެ މަތީ ޝަރަފް ކަމުގައިވާ “ގްރޭންޑް ކޮމާންޑަރ އޮފް ދި އޯޑަރ އޮފް ދަ ސްޓާރ އެންޑް ކީ އޮފް ދި އިންޑިއަން އޯޝަން” (ޖީ.ސީ.އެސް.ކޭ.)، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް، މޮރިޝަސްގެ ރައީސް ސަރ އަނުރޫދް ޖަގްނައުތު ވަނީ އަރުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2.30 ގައެވެ.