މެންބަރުންގެ ޚިޔާލު: ޕާޓީއަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްދެއްވާށެވެ!!

މުއާޒް މުޙައްމަދު (މޯލާ)

19464_c815020e-1_

2008 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ނުކުތްއިރު އެމް.ޑީ.ޕީގެ މެންބަރުންގެ އަދަދަކީ އެންމެ 19000 އެއްހާ މެންބަރުންނެވެ. މަދު މެންބަރުންކޮޅަކާއި އެކު ނުކުމެ ޚުދުމުޚްތާރު ދިގު 30 އަހަރުގެ އަނިޔާ ވެރިކަން ބަދަލުކޮށްލުމަށް ވޯޓް ދެއްވި ގޮތުގެ މައްޗަށް ބަލައިލާއިރު ސާފް އެމް.ޑީ.ޕީގެ މެޖޯރިޓީ އަކީ ރާއްޖޭގެ އިން ސައްތަ 26 މީހުންނެވެ. އެ 26 އިންސައްތަ މީހުންނަކީ ހަމަޔަގީނުންވެސް ރީނދޫ އެމްޑީޕީގެ ފިކުރުގެ މީހުންނެވެ. ދެވަނަބުރުގައި ގިނަ މީހުން ބަދަލަކަށް ވޯޓް ދިނީ އެމް.ޑީ.ޕީގެ މެނިފެސްޓޯއަށް ތާއީދުކޮށް ނަމަވެސް އެތަނުން އެމް.ޑީ.ޕީ ފިކުރުގެ މިހުންގެ އިންސައްތަ ވަކިކުރަން ދައްޗެވެ. ސިޔާސީ ޕާޓީއަކީ ވަކި ސިޔާސީ ފިކުރެއްގެ މައްޗަށް އުފެދިފައިވާ އަދި އެފިކުރުގެ މަތީގައި ދެމިއޮންނަ ޤާނޫނީ ޝަޚްސެކެވެ. އެއްވެސް ހާލަތެއްގައި މީހަކު ވަށައިގެން އެނބުރޭ އެއްޗެއްނޫނެވެ. އެކަން އެމްޑީޕީން ދަނީ ވަރަށް ފާޅުކަން ބޮޑު ގޮތުގައި ދައްކަމުންނެވެ.

ރިޔާސީ އިންތިޚާބަށް ފަހު ކުޑަދުވަސްކޮޅެއްފަހުން ކުރިމަތިލާން ޖެހުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއެވެ. މިއިންތިޚާބަށް އެމް.ޑީ.ޕީ ނުކުތީ ވަކިން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމެއްނެތިއެވެ. އެއިންތިޚާބުން ނިސްބަތުން ގިނަ ވޯޓް ހޯދީ އެމް.ޑީ.ޕީއެވެ. އެއީ ހަމައެކަނި އެމް.ޑީ.ޕީ ނުކުމެ ހޯދި ކާމިޔާބެވެ. މަޖިލީހުގެ މެޖޯރިޓީ ނުލިބުނު ނަމަވެސް މުޅިރާއްޖޭގެ މެޖޯރިޓީ ހޯދީ އެމް.ޑީ.ޕީއެވެ. އޭރު ސަރުކާރުން ވީ ވައުދުގެ 10 އިންސައްތަވެސް ނުފުއްދޭނެކަން ކަށަވަރެވެ. ދުވަސްތައް ފައިތުވަމުން އައި ވަރަކަށް އެމް.ޑީ.ޕީ އައީ މީހުންގެ މަގުބޫލްކަން ހޯދަމުން މެންބަރުންގެ އަދަދުވެސް އިތުރު ކުރަމުންނެވެ. ވެރިކަމާ ހަވާލުވީތާ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ފަހުރުވެރި މަގާމްގައި އެމް.ޑީ.ޕީ ފައިވިއްދާލިއެވެ. އެތައް މެންބަރުންގެ ބުރަ މަސައްކަތުންނެވެ.

އެމް.ޑީ.ޕީ ސަރުކާރަށް 2 އަހަރު ވީއިރު ސަރުކާރުން ވެފައިވާ ވައުދުތަކުގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލިބެން ފަށައިފިއެވެ. ހިލޭ ބޭސްފަރުވާ ކުރާ ރައްޔިތުން ގިނަވެ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުވެ އައިލާތައް ފުއްދުންތެރިވާން ފަށައިފިއެވެ. ފަސޭހަކަމާއި އެކު އެއްރަށުން އަނެއް ރަށަށް ދެވެން ފަށައިފިއެވެ. ދިގު 30 އަހަރު ނުހެދުނު ހާ ބަނދަރު 2 އަހަރުތެރޭގައި ހަދައިފިއެވެ. ނޭޅުނުހާ ނަރުދަމާ އަޅައިފިއެވެ. ނުހިއްކާ ހާ ބިން ހިއްކައިފިއެވެ. ދެން މިހެން ގޮސްކިޔާނެކަމެއް ނެތެވެ.

ސަރުކާރުގެ ވައުދުތައް މިހާ ބާރުމިނެއްގައި ފުއްދިފައި ވަނިކޮށް ކުރިމަތިވީ ލޯކަލް ކައުންސިލް އިންތިޚާބާއެވެ. 19000 އެއްހާ މެންބަރުން ތިބެ ފެށި މިދަތުރު ރަށަށް ގެންނަން ނުކުތްއިރު 44000 އެއްހާ މެންބަރުން އެމް.ޑީ.ޕީގައި ރަޖިސްޓްރީވެފައިވެއެވެ. ހުދު އަޅުގަނޑު އެދާއިރާއަކަށް ނިސްބަތްވާ ދާއިރާއަށް ބެލިކަމުގައި ވިނަމަވެސް މެންބަރުންގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފައެވެ. ގިނަ ދުވަސްވަންދެން އެމް.ޑީ.ޕީ އެންމެ މްބަރުން ގިނަ ދާއިރާ ގޮތުގައި އޮތް މަޑަވެލި ދާއިރާ އެމް.ޑީ.ޕީ ދާއިރާ އިންތިޚާބަށް ފަހު އެގޮތުގައި ދެމެހެއްޓުމަށް އިތުރު މަސައްކަތް ކުރަން ޖެހުނެވެ. ހޯނޑެއްދުއަށް ބެލި ނަމަވެސް މެންބަރުންގެ އަދަދު ގިނައެވެ. ވެރިކަން ބަދަލުވިއިރު ހޯނޑެއްދޫގައި އެމް.ޑީ.ޕީ 100 އެއްހާ މެންބަރުންވެސް ނެތެވެ. އެހެންނަމަވެސް އަނެއް ދިވެހިރާއްޖެ ރަށަށް ގެންނަން ނުކުތް އިރު 300 އެއްހާ މެންބަރުން ރަޖިސްޓްރީވެފައިވެއެވެ. އެއީ ޑި.އާރް.ޕީ މެންބަރުންގެ ނިސްބަތަށް ބަލާއިރު 130 މެންބަރުންގެ ތަފާތެކެވެ.

އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބްގެ ނަތީޖާ އަޅުގަނޑުމެން ޖަހަމުން އައި ހިސާބުތަކާއި ދިމާނުވެ މިސްރާބް ޖެހީ މުޅިން އެހެން ދިމާލަކަށެވެ. ބޮޑެތި ރަށްރަށާއި ސިޓީތަކުގެ މެޖޯރިޓީ އެމްޑީޕީ ހޯދުމުން “އެމްޑީޕީން ގޮދާ ބޭނިއިރު، ޑީއާރުޕީން ބޭނީ ލައްޓިއޭ” ބަޔަކު ކިޔަސް، “ޒިންމާދާރުވެރިންގެ ވޯޓު އޮޅުވާލުމުގެ ސަގާފަތުގެ ތެރެއިން” ނަމަވެސް ގިނަ ގޮނޑި ޑީ.އާރް.ޕީ ހޯދިއިރު ނިސްބަތުން އެންމެ ގިނަ ވޯޓްވެސް ގެންދިއައީ ޑީ.އާރް.ޕީއެވެ. މިނަތީޖާއިން ސާފު ސައްޚަ އެމް.ޑީ.ޕީގެ މެންބަރުންގެ ގޮތުގައި ތިބީ ކިތައް މީހުންކަމާއިމެދު ވިސްނާ ފިކުރުކުރަންޖެހެއެވެ. ހަޤީގަތުގައިވެސް މިނަތީޖާއަކީ ފުންކޮށް ވިސްނައި ދިރާސާކުރަންޖެހޭ ނަތީޖާއެކެވެ. 2013 ރިޔާސީ އިންތިޚާބް ކާމިޔަބްކުރުމަށް ޕާޓީއަށް އިހުލާސްތެރިވެ ވަފާތެރިކަމާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހެއެވެ.