އެމްޑީޕީ އިންތިޚާބު 2011 ގެ ކެންޑިޑޭޓް ލިސްޓް އެޕާޓީން އާންމުކޮށްފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިންތިޚާބު 2011 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް އެޕާޓީން މިރޭ އާންމު ކޮށްފިއެވެ.
އެމްޑީޕީން މިރޭ އާންމުކުރި ކެންޑިޑޭޓް ލިސްޓްގައިވާ ގޮތުން އެޕާޓީގެ އެންމެ ޝަރަފްވެރި އެއް މަގާމް ކަމަށްވާ ޕާޓީގެ ރައީސް ކަމަށް 3 ބޭފުޅަކު ކުރިމަތިލައްވާފައިވާ އިރު، ނައިބު ރައީސްގެ މަގާމަށް 4 ބޭފުޅަކު ވާދަކުރައްވައެވެ. އަދި މިފަހަރު މުޅިން އަލަށް އިންތިޚާބުކުރާ ޗެއަރޕާސަންގެ ނައިބު އިދާރީ ކަމުގެ މަގާމަށް 4 ބޭފުޅަކު އަދި ޗެއަރޕާސަން ނައިބު މާލީ ކަމުގެ މަގާމަށް 2 ބޭފުޅަކު ކުރިމަތިލައްވާފައި ވެެއެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވެސް އެޕާޓީގެ ނައިބު ރައީސް އަދި ވަގުތީ ރައީސްކަން ކުރައްވަމުން ގެންދަވާ އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އިބްރާހީމް ހުސައިން ޒަކީ އާއި، ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.ޑީޑީގެ އިތުރުން އަލީ ޝުކޫރު ހިމެނިވަޑައިގަންނަވައެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް މުހައްމަދު އަސްލަމްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްލަމް ޝާކިރުއާއި، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަދި ގ.ކަކާގެ އާގޭ ހުސައިން އާދަމް އެވެ.
އެމްޑީޕީން އެޕާޓީގެ ވެބްސައިޓްގައި މިރޭ އާންމު ކުރި ކެންޑިޑޭޓުންގެ ލިސްޓަކީ ވެރިފައިކުރެވެމުންދާ ލިސްޓެއް ކަމަށާއި ލިސްޓުގައިވާ މައުލޫމާތަށް އުނިއިތުރު އައުމަކީ އެކަށީގެންވާކަމެއް ކަމަށް އެޕާޓީން ބުނެއެެވެ.

އެމްޑީޕީ އިންތިޚާބު 2011 ގެ ކެންޑިޑޭޓް ލިސްޓްގެ ފުރަތަމަ ޑްރާފްޓް ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ