އިއުލާން: އެމް.ޑީ.ޕީ އިންތިޚާބު 2011ގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

MDP/2011-005
01 މާރޗް 2011

30އޭޕްރިލް 2011 ވާ ހޮނިހިރުދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ އިންތިޚާބު ގައި ތިރީގައި މިދަންނަވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މިމަޤާމްތަކަށް އެދިލައްވާ ބޭފުޅުން ސިޓީއަކުން 08 މާރޗް 2011ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއެޓަށްހުށަހެޅުއްވުން އެދެމެވެ.

މިއިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކާއި އެމަގާމުތަކަށް ވޯޓް ލެވޭނޭ ގޮތް:
1. ރައީސް، ވޯޓްލެވޭނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް
2. ނާއިބް ރައީސް، ވޯޓްލެވޭނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް
3. ޗެއަރޕާސަންގެ ނާއިބް(އިދާރީ)، ވޯޓްލެވޭނީ 2 ވަނަ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންނަށް އެކަނި
4. ޗެއަރޕާސަންގެ ނާއިބް(މާލީ)، ވޯޓްލެވޭނީ 2 ވަނަ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންނަށް އެކަނި
5. އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ 5 މެމްބަރުން، ވޯޓްލެވޭނީ ގައުމީމަޖިލީހުގެ މެމްބަރުންނަށް އެކަނި
6. އިސްތިއުނާފް ފަޑިޔާރު މަޖިލީހުގެ 9 މެމްބަރުން، ވޯޓްލެވޭނީ ގައުމީމަޖިލީހުގެ މެމްބަރުންނަށް އެކަނި
7. ޒުވާނުންގެ ހިއްވަރުގެ ރައީސް، ވޯޓްލެވޭނީ ޒުވާނުންގެ ހިތްވަރުގައި ރަޖިސްޓްރީވާ ޒުވާނުން އެކަނި
8. ޒުވާނުންގެ ހިއްވަރުގެ ނާއިބްރައީސް، ވޯޓްލެވޭނީ ޒުވާނުންގެ ހިތްވަރުގައި ރަޖިސްޓްރީވާ ޒުވާނުން އެކަނި
9. އަންހެނުންގެ ރޫހުގެ ރައީސާ، ވޯޓްލެވޭނީ އަންހެނުންގެ ރޫހުގައި ރަޖިސްޓްރީވާ އަންހެން މެމްބަރުން އެކަނި
10. އަންހެނުންގެ ރޫހުގެ ނާއިބްރައީސާ، ވޯޓްލެވޭނީ އަންހެނުންގެ ރޫހުގައި ރަޖިސްޓްރީވާ އަންހެން މެމްބަރުން އެކަނި
11. ދާއިރާ ތަކުގެ ރައީސުން، އެދާއިރާއެއްގައި ހިމެނޭ ހުރިހާ މެމްބަރުން
12. ޕްރޮވިންސް ރައީސް، އެޕްރޮވިންސެއްގެ ހުރިހާ މެމްބަރުން
13. ޕްރޮވިންސް ނާއިބްރައީސް، އެޕްރޮވިންސެއްގެ ހުރިހާ މެމްބަރުން