މާލޭ ސިޓީ ކައުންސިލް އަށް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ކަނޑަ އެޅުމާއި ބެހޭ

މިޕާޓީގެ 87 ވަނަ ޤައުމީ މަޖްލީހުން ފާސްކޮށްފައިވާ ކައުންސިލްތަކަށް ރައީސުންނާއި ނައިބް ރައީސުން ކަނޑައެޅުމުގެ ޤަރާރު (ޤަރާރު ނަންބަރު 1/2011)އާއި ގުޅޭ ގޮތުން ދަންނަވަމެވެ.
މާލޭގެ ދާއިރާތަކުގެ ކޯކަސްއިން މާލެ ސިޓީއަށް ކަނޑައަޅާނެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރުންގެ ނަން މިޕާޓީގެ ސްކްރެޓޭރިއެޓްއަށް ވަނީ ހުށައަޅާފައެވެ. މިގޮތުން މޭޔަރަކަށް އަޣްލަބިއްޔަތު ލިބިފައިވަނީ މާފަންނު ހުޅަނގު ދާއިރާއަށް ހޮވިފައިވާ ކައުންސިލް މެންބަރ މުޙައްމަދު ފަލާހްއެވެ. އަދި ޑެޕިއުޓީ މޭޔަރ އަކަށް ވުމަށް ހުޅުހެންވޭރު ދާއިރާގެ ކައުންސިލް މެންބަރ މައިޒާން ޢަލިމަނިކަށް ވަނީ އަޤްލަބިއްޔަތު ލިބިފައެވެ.
ވީމާ، ޤައުމީ މަޖްލީހުގެ މިޤަރާރާއި އެއްގޮތްވާ ދާއިރާތަކުގެ ކޯކަސްއިން ނިންމެވިގޮތަށް ޢާންމުކޮށް އަންގައި އިޢްލާން ކުރީމެވެ.
26 ފެބްރުއަރީ 2011